twitterviber whatsapp telegramfacebookyoutube instagram
19th February 2026

ގައުމީ ޤުރުއާން މުބާރާތުގެ މެއިން ޕާޓްނަރަކަށް ދިރާގު

މުޙައްމަދު އަހުމަދު
Dec 23, 2021

ތިރީސް ހަތަރު ވަނަ ގައުމީ ގުރުއާން ކިޔެވުމުގެ ގައުމީ މުބާރާތުގެ މެއިން ޕާޓުނަރެއްގެ ގޮތުގައި ދިރާގު ހަމަޖެހިއްޖެ އެވެ.

ގައުމީ ގުރުއާން މުބާރާތުގެ މެއިން ޕާޓްނަރަކަށް އިސްލާމިކް މިނިސްޓްރީ އާއި ކީރިތި ގުރުއާނާ ބެހޭ މަރުކަޒާއެކު ދިރާގުން ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ.

ވޭތުވެދިޔަ އަހަރުތަކުގައި ވެސް ދިރާގުން ވަނީ ގައުމީ ގުރުއާން ކިޔެވުމުގެ މުބާރާތަށް އެކި ގޮތް ގޮތުން އެހީތެރިކަން ފޯރުކޮށްދީ ގުރުއާން މުބާރާތުގައި މުހިންމު ރޯލެއް އަދާކޮށްފަ އެވެ.

12 ކެޓަގެރީއަކުން 1700 އަށްވުރެ ގިނަ ބައިވެރިން މިމުބާރާތުގައި ވާދަކުރާނެ އެވެ. މި މުބާރާތުގައި އަތޮޅު ކައުންސިލްތަކާއި، ސުކޫލުތަކާއި، ގުރުއާން ކުލާސްތަކާއި، ކޮލެޖު ޔުނިވާސިޓީތައް އަދި ކުލަބް އެސޯސިއޭޝަންތަކުގެ އިތުރުން ބޭރު ގައުމުތަކުގައި ދިރިއުޅޭ ދިވެހި ދަރިވަރުން ބައިވެރިވާނެ އެވެ.

ގުރުއާން ކިޔެވުމުގެ ގައުމީ މުބާރާތުގެ މައިގަނޑު ބޭނުމަކީ ގައުމީ ފެންވަރުގައި އެކި އުމުރުފުރާގެ ދަރިވަރުން ބައިވެރިވެ ގުރުއާން ކިޔެވުމުގެ ހުނަރު ކުރިއަރުވައި ދަސްކޮށް އެއަށް އަމަލުކުރުމަށް ބާރުއެޅުމެވެ.

ދިރާގަކީ އަބަދުވެސް އިސްލާމްދީން ކުރިއެރުވުމަށާއި އިސްލާމީ އާދަތައް ކުދިންގެ ކިބައިގައި އަށަގެންނެވުމަށް ކުރިއަށްގެންދެވޭ މިފަދަ ހަރަކާތްތަކުގައި އިސްނަގައިގެން ބައިވެރިވެ އެހީތެރިކަން ފޯރުކޮށްދޭ މުއައްސަސާ އެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355