twitterviber whatsapp telegramfacebookyoutube instagram
21st December 2025

ޖެކުލީން އާއި ނޯރާއަށް ސުކޭޝް ދީފައިވާ ހަދިޔާތައް އީޑީން އަނބުރާ ނަގަނީ

ޚަދީޖާ އާދަމް
Dec 23, 2021

މަނީ ލޯންޑަރިންގެ މައްސަލައެއްގައި ތާށި ވެފައިވާ ބޮލީވުޑްގެ ދެ ފަންނާނުން ކަމަށްވާ ޖެކުލިން ފެނާންޑޭޒް އާއި ނޯރާ ފަތެހީއަށް ކޮންމޭން ސުކޭޝް ޗަންދްރަޝޭކަރު ދީފައިވާ އަގުބޮޑެތި ހަދިޔާއަށް އެންފޯސްމެންޓް ޑިރެެކްޓޮރޭޓް (އީޑީ) އިން ނަގަން ނިންމާފައިވާކަމަށް އިންޑިޔާގެ ނޫސްތަކުން ބުނެފި އެވެ.

މީހުންނަށް ބިރު ދައްކައިގެން އެތައް ކްރޯޑެއްގެ ފައިސާ ފޭރުމުގެ އަމަލުތަކެއް ހިންގާފައިވާ ކަމަށް ބުނާ ސުކޭޝް ޗަންދުރަޝޭކަރް ޖެކުލިން އާއި ގާތްގުޅުމެއް އޮންނަށް ކަމަށް މީގެ ކުރިންވެސް ހަބަރުތަކުން ވަނީ ރިޕޯޓްކޮށްފައެވެ. އަދި މިދެމީހުންގެ ވަރަށް ގައިގޯޅި ފޮޓޯތަކެއްވެސް ދައުރުވި އެވެ،

އީޓައިމްސް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި މިދިޔަ އަހަރު ޑިސެންބަރުން ފެށިގެން މިއަހަރުގެ އޮގަސްޓަމަހާ ހަމައަށް ސުކޭޝް ވަނީ ޖެކުލިންއަށް 10 ކަރޯޑް ރުފީސްގެ ތަކެތި ހަދިޔާކޮށްފައެވެ. އަދި ނޯރާއަށް ވަނީ ބީއެމްޑަބްލިއު ކާރެއްވެސް ހަދިޔާކޮށްފައެވެ.

އީޑީން ސުވާލުކުރުމުން މި ދެތަރިންވެރިންވެސް ވަނީ ސުކޭޝްއަކީ އެފަދަގޮތަކަށް ފައިސާ ހޯދާމީހެއްކަން ނޭނގޭކަމަށް ބުނެފައެވެ. އަދި އޭނާ ދީފައިވާ ހަދިޔާތަށް އަނބުރާ އީޑީއަށް ނެގިޔަސް މައްސަލައެއް ނެތްކަމަށް ބުނެފައި ވެއެވެ.

އިންޑިޔާގެ ބައެއް ނޫސްތަކުން ބުނެފައިވާ ގޮތުގައި ޖެކްލީން އަށް ތުހުމަތުކުރެވޭ މަނީ ލޯންޑްރިންގެ މައްސަލަ އަކީ ސުކޭޝް އަޑީގައި ހުރެގެން ހިންގާފައިވާ ކަމަށް ބުނާ 200 ކްރޯޑް ރުޕީސްގެ މައްސަލައެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355