twitterviber whatsapp telegramfacebookyoutube instagram
25th April 2024

ހދ ގެ 5 ރަށެއްގައި ކޮވިޑް ކޭސްތައް، ސަމާލުވޭ!

ޚަދީޖާ އާދަމް
Dec 23, 2021

ހދ އަތޮޅުގެ 5 ރަށަކުން ކޮވިޑް ކޭސްތައް ފެނިފައިވާކަމަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ބުނެފި އެވެ. ކޭސްތައް އިތުރުވަމުން މިދަނީ ސްކޫލް ބަންދާ ދިމާކޮށެވެ.

ކޭއާރުއެޗްގެ އޮފިޝަލަކު ވިދާޅުވީ މިވަގުތު ކުޅުދުއްފުއްޓާއެކު، ހަނިމާދޫ، ނައިވާދޫ، ނޮޅިވަރަންފަރު އަދި ކުރިނބީން ކޮވިޑް ކޭސްތަކެއް ފެނިފައިވާކަމަށެވެ.

މި 5 ރަށުގެ ތެރެއިން ހަނިމާދޫ މިވަގުތު އޮތީ މޮނީޓަރިންގެ ހާލަތުގައެވެ. އެރަށުގެ އެކްޓިވް ކޭސްތަކުގެ އަދަދު މިވަގުތު 41 އަރާފައިވާއިރު އެރަށުން ފުރަތަމަ ޕޮޒިޓިވްވީ ރޭންޑަމް ދެ ސާމްޕަލެވެ. އެއަށްފަހު ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން އިތުރު ބަޔަކު ޕޮޒިޓިވްވެ އެރަށް މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވަނީ މި ޑިސެންބަރު މަހުގެ 12 ވަނަ ދުވަހުއެވެ.

ކުޅުދުއްފުށިން ކޮވިޑް 2 ކޭސްއެއް ފެނުނީ މިދިޔަ ހޯމަ ދުވަހުއެވެ. އެއީ އަލާމަތް ހުރެގެން އޯޕީޑީއަށް ދެއްކި މީހަކާއި، މާލެއިން ދަތުރުކުރި މީހެކެވެ. މާލެއިން އައި 28 އަހަރުގެ ފިރިހެނެކެވެ. މާލެއިން މީހާގެ އެއްވެސް ކޮންޓެކްޓެއް ނެތްކަމަށް ކޭއާރުއެޗުން މައުލޫމާތު ދެއެވެ. ދެން ޕޮޒިޓިވްވީ ކުޅުދުއްފުށީގައި ހުންނަށް އޭޑީކޭ ކޯލް ސެންޓަރުގައި މަސައްކަތްކުރާ 30 އަހަރުގެ އަންހެނެކެވެ.

އެ ކޭސްއާ ގުޅިގެން ކޮންޓެކްޓުންގެ ގޮތުގައި ފާހަގަވި މީހުންގެ ސާމްޕަލް ނަގައި ގާތްގަނޑަކަށް 15 ގެއެއް ވަނީ މޮނީޓަރިންގެ ހާލަތަށް ގެނެސްފައެވެ. މި ކްލަސްޓާއާ ގުޅިގެން ކުޅުދުއްފުއްޓާއި މާލެއާ ދެމެދު ދަތުރުކުރާ ސީކްއީން ބޯޓުން ނެގި ސާމްޕަލްތަކުގެ ތެރެއިން 3 ސާމްޕަލެއްވެސް ވަނީ ޕޮޒިޓިވް ވެފައެވެ.

ދެން އެންމެ ގިނަ ކޭސްފެނިފައިވަނީ ނައިވާދޫންނެވެ. އެރަށުގެ ޖުމްލަ 8 އެކްޓިވް ކޭސް މިވަގުތު އެބައޮތެވެ. އެރަށުން ޕޮޒިޓިވްވީ ފުލޫ އޯޕީޑީއަށް ދެއްކި 3 ސާމްޕަކާއި، ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން ފާހަގަވި 4 މީހަކާއި ދަތުރުކޮށްފައި އައި މީހެއްގެ ސާމްޕަލެކެވެ.

މީގެ އިތުރުން ނޮޅިވަރަމްފަރުން މިހާތަނަށް 4 ކޭސްއެއް ފެނިފައިވާއިރު އެރަށުގެ އެކްޓިވް ކޭސްގެ އަދަދަކީ 5 ކެވެ. އެރަށުން ފުރަތަމަ ޕޮޒިޓިވްވީ ރޭންޑަމް 3 ސާމްޕަލެވެ. އެއަށްފަހު ކޮންޓެކްޓް ޓްރޭސިން 2 މީހަކު ޕޮޒިޓިވްވެފައިވެއެވެ. ކުރިނބީން 4 ކޭސް ފެނިފައިވާއިރު އެރަށުން ޕޮޒިޓިވްވީ ފުލީ އޯޕީޑީއަށް ދެއްކި މީހަކާއި އެކޭސްގައި ގުޅުންހުރި އިތުރު 3 މީހެކެވެ.

ސްކޫލް ބަންދާ ދިމާކޮށް ގިނަ ބަޔަކު އެއްރަށުން އަނެއް ރަށަށް ދަތުރުކުރާއިރު ބަލި ފެތުރިދާނެތީ ސަމާލުވުމަށް ކަމާ ބެހޭ އިދާރާތަކުން ދަނީ އިލްތިމާސްކުރަމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355