twitterviber whatsapp telegramfacebookyoutube instagram
18th May 2024

އެއްވެސް ގައުމަކަށް އެކަނި ނޯވެވޭނެކަން އެނގިއްޖެ: ޝެއިޚް ހަސީނާ

ނަބީލާ އިސްމާޢީލް
Dec 23, 2021

އެއްވެސް ގައުމަކަށް އެކަނި އޮވެގެން ކުރިއެރޭނެ ކަމަށް ގަބޫލުފުޅުނުކުރައްވާކަމަށް ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝެއިޚް ހަސީނާ ވިދާޅުވެއްޖެއެވެ. އެ ކަމަނާ މިފަދައިން ވިދާޅުވީ މިއަދު މަޖިލީހުގައި ތަގުރީރު ކުރައްވަމުން ނެވެ.

ރައްޔިތުންގެ މަޖިލީހުގެ ދައުރުން ބޭރުގައި ބޭއްވި ހާއްސަ ޖަލްސާގައި ޝެއިޚް ހަސީނާ ބައިވެރިވެވަޑައިގެން ވަނީ މިއަދު ތަގުރީރުކުރައްވާފައެވެ.

އެކަމަނާގެ ތަގުރީރުގައި ވަނީ، އެއްވެސް ގައުމަކަށް އެކަނި އޮވެވެގެން ކުރިއެރޭނެ ކަމަށް ގަބޫލުފުޅު ނުކުރައްވާކަމަށާއި ކޮވިޑް-19ގެ ވަބާއިންވެސް ލިބިފައިވާ ފިލާވަޅަކީ ގައުމުތައް ގުޅިގެން މަސައްކަތްކުރަންޖެހޭކަން ކަމުގައި ޝެއިޚް ހަސީނާ ވިދާޅުވިއެވެ.

ރާއްޖެއާ ބަންގްލަދޭޝްއާ ދެމެދު އޮތް ޒަމާންވީ ގުޅުމުގެ މައްޗަށް އަލިއަޅުވާލައްވަމުން ވިދާޅުވީ މި އަހަރަކީ ރާއްޖެއާ ބަންގްލަދޭޝްއާ ދެމެދު އޮތް ޒަމާންވީ ގުޅުމަށް ފާހަގަކޮށްލެވޭ އަހަރެއް ކަމަށް ވިދާޅުވި އެވެ. މިގޮތުން ދެގައުމުގެ އިސް ބޭބޭފުޅުން ކުރެއްވި ދަތުރުފުޅުތަކާއި، އެ ދަތުރުފުޅުތަކުގައި ދެގައުމުގެ މަސްލަހަތު ހިމެނޭ މުހިންމު ކަންކަމާ ގުޅޭގޮތުން މަޝްވަރާތައް ކޮށްފައިވާކަމަށާއި، އަދި ގިނަ ދާއިރާތަކާ ގުޅުންހުރި ކަންކަމުގައި އެހީތެރިކަން ފޯރުކޮށްދެވިފައިވާކަމަށެވެ.

އަދި ވިޔަފާރީގެ ގޮތުންނާއި، އިންވެސްޓްމެންޓާއި، ދެގައުމުގެ ގުޅުމުގެ އިތުރުން، ފަތުރުވެރިކަމާއި، އަދި ދެގައުމުގެ ރައްޔިތުންގެ ދެމެދުގައި އޮތް ގުޅުން ބަދަހިކުރެވޭނެ ކަމަށް އުންމީދުކުރައްވާކަމަށް ޝެއިޚް ހަސީނާ ވިދާޅުވިއެވެ.

ކުރިއަށް އޮތް 50 އަހަރަކީ ރާއްޖެއާ ބަންގްލަދޭޝްއާ ދެމެދު އޮތް ގުޅުމަށް އިތުރު ކުރިއެރުންތަކެއް ގެނުވައި، ދެގައުމުގެ ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތަށްވެސް ބޮޑު ބަދަލެއް އަންނާނެ އަހަރުތަކެއް ކަމަށް ގަބޫލުކުރައްވާކަމަށްވެސް ވިދާޅުވި އެވެ.

ޝެއިޚް ހަސީނާ ރާއްޖެއަށް ކުރައްވަމުންގެންދަވާ ދަތުރުފުޅަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ދައުވަތަކަށް ކުރައްވާ ފުރަމާނަ ދަތުރުފުޅެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355