twitterviber whatsapp telegramfacebookyoutube instagram
8th September 2026

ކޮވިޑަށް ޕޮޒިޓިވްވުމުން ޖެރާޑަށް ޗެލްސީ މެޗު ގެއްލިއްޖެ

މުޙައްމަދު އަހުމަދު
Dec 26, 2021

އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ޗެލްސީއާ އެސްޓަން ވިލާ ބައްދަލުކުރުމަށް ހަމަޖެހިފައިވާ މެޗަށް ތައްޔާރުވަމުން އަންނަނިކޮށް އެސްޓަން ވިލާގެ ކޯޗު ސްޓީވެން ޖެރާޑް ކޮވިޑަށް ޕޮޒިޓިވްވެ މިރޭގެ މެޗު އޭނާއަށް ގެއްލިއްޖެ އެވެ.

އެސްޓަން ވިލާގެ ކޯޗުކަމާ ދާދިފަހުން ހަވާލުވި ޖެރާޑަށް ވަނީ މި ސީޒަނުގައި ރޭންޖާސްގެ ކޯޗަކަށް ހުއްޓާ ވެސް އައިސޮލޭޝަނަކަށް ދާން ޖެހިފަ އެވެ.

މީގެ އިތުރުން އަންގާރަ ދުވަހު ލީޑްސް ޔުނައިޓެޑް ދަނޑުގައި ކުޅޭ މެޗު ވެސް ޖެރާޑަށް ގެއްލޭއިރު މިދިޔަ ހޮނިހިރު ދުވަހު އެސްޓަން ވިލާއިން ޕްރިމިއާ ލީގުގައި ބާންލީއާ ދެކޮޅަށް ކުޅެން އޮތް މެޗު ވެސް ވަނީ އެކުލަބުގައި ކޮވިޑް ހާލަތު ގޯސްވެގެން ފަސްކުރަން ޖެހިފަ އެވެ.

ޖެރާޑް އެޓީމުގެ ކޯޗުކަމާ ހަވާލުވި ފަހުން ޕްރިމިއާ ލީގުގައި އެޓީމުން ކުޅުނު ހަ މެޗުގެ ތެރެއިން ހަތަރު މެޗުން މޮޅުވި އެވެ. ބަލިވީ މެންޗެސްޓާ ސިޓީ އަތުންނާއި ލިވަޕޫލް އަތުން އެކަންޏެވެ.

މީގެ އިތުރުން ޕްރިމިއާ ލީގުގައި ކޮވިޑާހެދި ފަސްކުރި މެޗުތަކަށް ބަލާއިރު ލިވަޕޫލުން ލީޑްސް ޔުނައިޓޭޑާ ކުޅެން އޮތް މެޗާއި ވުލްވްސް އާއި ވަޓްފޯޑް އަދި އެވަޓަނާއި ބާންލީ ކުޅެން އޮތް މެޗުވެސް ވަނީ ފަސްކޮށްފަ އެވެ.

މި މެޗުތަކާ އެއްކޮށް ކޮވިޑާ ހެދި ފަސް ކުރަން ޖެހުނު މެޗުތަކުގެ ޖުމްލަ އަދަދު ވަނީ 13 އަށް އަރައިފަ އެވެ. މިވަގުތު ޕްރިމިއާ ލީގުގެ ކޮވިޑް ހާލަތު ވަރަށް ސީރިއަސް އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293