twitterviber whatsapp telegramfacebookyoutube instagram
29th March 2024

މޯލްޑިވިއަން އޭވިއޭޝަން އެކެޑަމީ ހުޅުވައިފި

ނަބީލާ އިސްމާޢީލް
Dec 29, 2021

ޕައިލެޓުން ތަމްރީނު ކުރުމަށް އައިލެންޑް އޭވިއޭޝަން ސާވިސް (އައިއޭއެސް) އާއި މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) ގުޅިގެން ހަދާފައިވާ މޯލްޑިވިއަންގެ އޭވިއޭޝަން އެކަޑެމީ ރަސްމީކޮށް ހުޅުވައިފި އެވެ.

އެމްއެންޔޫގެ މައި އޮޑިޓޯރިއަމްގައި ބޭއްވި ރަސްމިއްޔާތުގައި އެކަޑެމީ ހުޅުއްވައިދެއްވީ ނައިބް ރައީސް ފައިސަލް ނަސީމް އެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ނައިބް ރައީސް ވިދާޅުވީ ރާއްޖޭގެ ތަރައްގީއާއި އިގްތިސާދީ ހަރަކާތްތައް ފުޅާވެގެންދާއިރު ވައިގެ ދަތުރުފަތުރުގެ ސިނާއަތުގެ ދާއިރާއިން މީހުން ބިނާކުރުމަކީ މުހިންމު ކަމެއްކަމުގަ އެވެ.

މޯލްޑިވިއަން އޭވިއޭޝަން އެކެޑަމީ އަކީ އައިލެންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެޑާއި، މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީއިން 30 އަހަރަށް ވުރެ ގިނަ ދުވަހުގެ ތަޖުރިބާ ހުރި ޗެކް ރިޕަބްލިކްގެ ޕްލައިން ސްކޫލެއް ކަމަށްވާ ފްލައިންގ އެކެޑަމީއާ ގުޅިގެން ހިންގާ ފްލައިންގ ސްކޫލެކެވެ.

މި ސްކޫލްގައި ކިޔެވުމަށް ބޭނުންވާ ދަރިވަރުންނަށް މިހާރު ކޯހަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވީ ނަމަވެސް ފުރަތަމަ އިސްކަން ދެނީ އެކި ސަބަބުތަކާ ހުރެ ކޯސް މެދުކެނޑިފައިވާ ދަރިވަރުންނަށެވެ.

ނައިބު ދެއްކެވި ވާހަކަފުޅުގައި މޯލްޑިވިއަން އޭވިއޭޝަން އެކެޑަމީ އަކީ ސަރުކާރުން ވަރަށް ގިނަ ދުވަސްތަކެއް ވަންދެން ކުރި މަސައްކަތްތަކުގެ ނަތީޖާކަމަށާއި، މި ސަރުކާރުން މިފަދަ މަޝްރޫއެއް ހިންގަން އިސްނަގާފައި ވަނީ ޕައިލެޓްކަން ކިޔަވަމުންދާ ދިވެހި ދަރިވަރުންނަށް ދިމާވި ގިނަ ދުވަސްވީ މައްސަލަތަކަށް ދާއިމީ ހައްލެއް ހޯދުމަށް ކުރެވުނު މަސައްކަތްތަކުގެ ތެރެއިން ކަމުގައެވެ.

އެމަނިކުފާނު ވަނީ ރާއްޖޭގެ ވައިގެ ދަތުރުފަތުރު ކުރުމަށް އަންނަމުންދާ ހެޔޮ ބަދަލުތަކަށް އަލިއަޅުއްވާލައްވާ ވާހަކަފުޅު ދައްކަވާފައެވެ. އަދި އެމަނިކުފާނުގެ ވާހަކަފުޅުގައި ރައީސުލްޖުމްހޫރިއްޔާ ވެސް އަދި މި ސަރުކާރުން ވެސް އެންމެ އިސްކަމެއް ދެއްވާ އެއް ސިޔާސަތަކީ އެކި ސިނާއަތްތަކުން މީހުން ބިނާކުރުންކަން ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ވެސް ރާއްޖޭގެ އުމްރާނީ ތަރައްގީ ކުރިއަރަމުންދާ ވަރަކަށް ބޭނުންވާ އިންސާނީ ވަސީލަތްތައް ތަރައްގީކުރުމާ ގުޅޭގޮތުން އެމަނިކުފާނުވަނީ ވާހަކަފުޅު ދައްކަވާފައެވެ. އަދި މި ދާއިރާއިން ތައުލީމު ހާސިލުކުރާ ދަރިވަރުން މަސައްކަތުގެ މާހައުލަށް ނުކުމެ އެކަކު އަނެކަކު ގުޅިގެން އެކުގައި މަސައްކަތްކުރުމުގެ މުހިންމުކަން އެމަނިކުފާނު ވަނީ ފާހަގަކުރައްވަފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355