twitterviber whatsapp telegramfacebookyoutube instagram
10th August 2026

ދިވެހި ނޫސްވެރިން ތަމްރީނު ކުރަން އިންޑިއާގެ އެހީ ހޯދަން މަޝްވަރާކޮށްފި

ނަބީލާ އިސްމާޢީލް
Dec 29, 2021
1

ދިވެހި ނޫސްވެރިން ތަމްރީން ކުރުމުގެ ފުރުސަތު އިންޑިޔާ އިން ހޯދުމަށް މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ރާއްޖޭގައި ހުންނަވާ އިންޑިއަން ހައި ކޮމިޝަނަރު މުނު މަހާވަރާއެކު މަޝްވަރާ ކޮށްފި އެވެ.

އިންޑިއާގެ ހައި ކޮމިޝަންގައި ބޭއްވި ބައްދަލުވުމެއްގައި، ދިވެހި ނޫސްވެރިން އިންޑިޔާ އަށް ފޮނުވައިގެން ތަމްރީނު ޕްރޮގްރާމް ހިންގުމަށާއި އެ ގައުމުގެ ތައުލީމީ ހިދުމަތް ދޭ މަރުކަޒުތަކުގެ މާހިރުން ރާއްޖެ ގެނެސްގެން ތަމްރީނު ޕްރޮގްރާމް ފެށުމަށް އެ ދެ ފަރާތުން މަޝްވަރާކުރި ކަމަށް އެމްއެމްސީން ބުންޏެވެ.

އެމްއެމްސީން ބުނީ ދިވެހި ނޫސްވެރިން ތަމްރީނު ކުރުމުގެ ފުރުސަތު ފަހިކޮށްދެއްވާނެ ކަމުގެ ޔަގީންކަން އިންޑިޔާގެ ސަފީރު މުނު މަހާވަރު ދެއްވި ކަމަށެވެ.

އަދި މީޑިއާ ކައުންސިލާއި އިންޑިޔާގެ ޕްރެސް ކައުންސިލާ ގުޅުން ބަދަހިކޮށް، އެ ދާއިރާ އިން ތަމްރީނު ޕްރޮގްރާމް ލިބޭނެ މަގު ފަހި ކުރަން މަސައްކަތް ކުރާނެ ކަމަށް ވެސް ސަފީރު ވިދާޅުވި ކަމަށް އެމްއެމްސީން ބުންޏެވެ.

މި މަޝްވަރާގައި ބައެއް ތަމްރީނު ޕްރޮގްރާމް އޮންލައިންކޮށް ހިންގުމާއި ކުރު މުއްދަތާއި ދިގު މުއްދަތުގެ ސްކޮލަޝިޕް ޕްރޮގްރާމްތަކެއް ދިވެހި ނޫސްވެރިންނަށް ހޯދައިދިނުމަށް މަޝްވަރާ ކުރި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355