twitterviber whatsapp telegramfacebookyoutube instagram
1st August 2026

ހަނިމާދޫ މޮނީޓަރިންގެ ހާލަތުން ނަގައިފި

ޚަދީޖާ އާދަމް
Dec 29, 2021
1

ކޮވިޑް ކޭސްތަކެއް ފެނުމާއި ގުޅިގެން މިމަހު 12 ވަނަ ދުވަހު ހަނިމާދޫގައި އިއުލާންކޮށްފައިވާ މޮނީޓަރިންގެ ހާލަތު އުވާލައިފި އެވެ.

އެރަށް މޮނީޓަރިންގެ ހާލަތުން އުވާލާފައިވަނީ މިއަދު މެންދުރު އެވެ. އެރަށް މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވަނީ މި މަހު ފަސްވަނަ ދުވަހު ރޯގާގެ އަލާމާތްތައް ހުރެގެން އެ ރަށު ސިއްހީ މަރުކަޒަށް ދެއްކި މީހަކު، މި މަހު 6 ވަނަ ދުވަހު ކޮވިޑް-19 އަށް ޕޮޒިޓިވްވެ، އެ ކޭހާ ގުޅިގެން ކޮންޓެކްޓް ޓްރޭޝިންގެ ގޮތުގައި ފާހަގަވި 40 މީހަކު ޕޮޒިޓިވްވުމާއި ގުޅިގެންނެވެ.

އެރަށުން ފުރަތަމަ ޕޮޒިޓިވްވީ އެރަށު ކެފޭއެއްގައި މަސައްކަތް ކުރާ އަންހެނެކެވެ. އެއާއެކު އެ ކެފޭއިން އޭނާގެ ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި ކެފޭގައި މަސައްކަތް ކުރާ އިތުރު 3 މީހަކު ވަނީ ޕޮޒިޓިވް ވެފައެވެ.

ހަނިމާދޫގެ ގެ އިތުރުން ހދ އަތޮޅުގެ 3 ރަށެއްގައި އަންނަނީ ކޮވިޑް ކޭސްތައް ފެންނަމުންނެވެ. އެއީ ކުޅުދުއްފުށީ، ކުރިނބީ، ނޮޅިވަރަންފަރު އަދި ނައިވާދޫ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355