twitterviber whatsapp telegramfacebookyoutube instagram
27th April 2024

އަންނަ އަހަރު ޕްލާސްޓިކްގެ 13 ބާވަތެއް އުފެއްދުމާއި ބާޒާރަށް ނެރުން މަނާވާނެ

މުޙައްމަދު އަހުމަދު
Dec 30, 2021
1

އަންނަ އަހަރުން ފެށިގެން ޕްލާސްޓިކާއި ޕްލާސްޓިކުން ތައްޔާރުކޮށްފައި ހުންނަ އެއްޗެހީގެ ތެރެއިން ތިމާވެއްޓަށް ގެއްލުންދޭ ސިންގަލް-ޔޫސް ޕްލާސްޓިކުގެ ތެރެއިން 13 ބާވަތުގެ ތަކެތި ދިވެހިރާއްޖޭގައި އުފެއްދުމާއި ބާޒާރަށް ނެރުން މަނާކޮށް، އެ ތަކެތީގެ ލިސްޓު އާންމުކޮށްފި އެވެ.

މަނާކުރި ޕްލާސްޓިކްގެ ބާވަތްތައް:

1- ދިޔާތަކެތި ބުއިމަށް ބޭނުންކުރާ ޕްލާސްޓިކް ހޮޅި: ބާޒާރަށް ނެރުން މަނާވާނީ 1 ޖޫން 2022 އިން ފެށިގެން

2- ޕްލާސްޓިކް ކާ ތައްޓާއި ސަމްސާ، ވަޅި، އޫ އަދި ޕްލާސްޓިކް ދަނޑިކޮޅު: ބާޒާރަށް ނެރުން މަނާވާނީ 1 ޖޫން 2022 އިން ފެށިގެން

3- ކާއެއްޗެހި ބަންދުކުރާ ސްޓައިރަފޯމް ފޮށި: ބާޒާރަށް ނެރުން މަނާވާނީ 1 ޖޫން 2022 އިން ފެށިގެން

4- ބާޒާރުކުރަން ބޭނުންކުރާ 30 ސެންޓިމީޓަރަށް ވުރެ ކުދި ޕްލާސްޓިކް ކޮތަޅު: ބާޒާރަށް ނެރުން މަނާވާނީ 1 ޖޫން 2022 އިން ފެށިގެން

5- ފަންސާސް މައިކްރޯނަށް ވުރެ ތުނި ޕްލާސްޓިކް ކޮތަޅު: ބާޒާރަށް ނެރުން މަނާވާނީ 1 މާޗު 2023 އިން ފެށިގެން

6- ސުޕާރި ޕެކެޓު: ބާޒާރަށް ނެރުން މަނާވާނީ 1 ޖޫން 2022 އިން ފެށިގެން

7- 250 މިލި ލީޓަރަށް ވުރެ ކުޑަ، އެއްފަހަރު ބޭނުންކުރެވޭ ޕްލާސްޓިކް ތަށި. ބާޒާރަށް ނެރުން މަނާވާނީ 1 ޖޫން 2022 އިން ފެށިގެން

8- ޕްލާސްޓިކް ދަނޑި ހުންނަ ކަފަބުރު: ބާޒާރަށް ނެރުން މަނާވާނީ 1 ޖޫން 2022 އިން ފެށިގެން

9- ފަންސާސް މިލިލީޓަރާއި 50 މިލިލީޓަރަށް ވުރެ ކުދި ޝޭމްޕޫ ފުޅި އާއި ސައިބޯންޏާއި ކޮންޑިޝަނާ އަދި ލޯޝަން: ބާޒާރަށް ނެރުން މަނާވާނީ 1 ޖޫން 2022 އިން ފެށިގެން

10- ފަންސާސް މިލިލީޓަރުން ފެށިގެން 200 މިލިލީޓަރާ ހަމައަށް ހިމެނޭ ޕްލާސްޓިކް ފުޅީގައި ހުންނަ ޝޭމްޕޫ، ސައިބޯނި، ކޮންޑިޝަނާ އަދި ލޯޝަން: ބާޒާރަށް ނެރުން މަނާވާނީ 1 މާޗު 2023 އިން ފެށިގެން

11- ރާއްޖޭގައި އުފައްދާ އަދި ބޭނުންކުރާ 500 މިލިލީޓަރަށްވުރެ ކުދި ޕްލާސްޓިކް ފެން ފުޅި: ބާޒާރަށް ނެރުން މަނާވާނީ 1 ސެޕްޓެމްބަރު 2022 އިން ފެށިގެން

12- ރާއްޖޭގައި އުފައްދާ އަދި ބޭނުންކުރާ އެއް ލީޓަރާއި އެއް ލީޓަރަށްވުރެ ކުދި ޕްލާސްޓިކް ފެން ފުޅި: ބާޒާރަށް ނެރުން މަނާވާނީ 1 މާޗު 2024 އިން ފެށިގެން

13- ރާއްޖޭގައި އުފައްދާ އަދި ބޭނުންކުރާ 500 މިލިލީޓަރަށްވުރެ ކުދި ޕްލާސްޓިކް ފުޅީގައި ބަންދުކޮށްފައި ހުންނަ ތައްޔާރީ ބުއިންތައް: ބާޒާރަށް ނެރުން މަނާވަނީ 1 ސެޕްޓެމްބަރު 2022 އިން ފެށިގެން

ސަރުކާރުން އަންނަނީ އެއްފަހަރު ބޭނުންކޮށް އުކާލާ ޕްލާސްޓިކާ ދެކޮޅަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355