twitterviber whatsapp telegramfacebookyoutube instagram
8th November 2026

ހަނިމާދޫ ހައުސިން މަޝްރޫއުގެ ބިޑްތައް އަލުން އިވެލުއޭޓްކުރަން އަމުރުކޮށްފި

ޚަދީޖާ އާދަމް
Jan 3, 2022

ހދ. ހަނިމާދޫގައި އެޅުމަށް ނިންމާފައިވާ ހައުސިން މަޝްރޫއުގެ ބިޑްތައް އަލުން އިވެލުއޭޓްކޮށް އެންމެ މަތިން ޕޮއިންޓް ލިބުނު ފަރާތަކަށް ބިޑް އެވޯޑްކުރުމަށް ސިވިލް ކޯޓުން މިއަދު އަމުރުކޮށްފިއެވެ.

މި މައްސަލަ ސިވިލް ކޯޓަށް ހުށަހެޅީ އެސްޖޭ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއި އެސްޖޭ ޓްރޭޑް ޕްރައިވެޓް ލިމިޓެޑުންނެވެ.

ހަނިމާދޫ ހައުސިން ޔުނިޓްތަކުގެ މަސައްކަތް މިދިޔަ އަހަރު ޖުލައި މަހު 19 ވަނަ ދުވަހު ހަވާލުކޮށްފައިވަނީ ދޮންބެޒް ޕްރައިވެޓް ލިމިޓެޑާ އެވެ.

އެސްޖޭ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއި އެސްޖޭ ޓްރޭޑް ޕްރައިވެޓް ލިމިޓެޑުން ގުޅިގެން ހުށަހެޅި މައްސަލައިގައި ބުނެފައިވަނީ ދައުލަތުގެ މާލިއްޔަތު ގަވާއިދާ ހިލާފަށް ނޭޝަނަލް ޓެންޑާ ބޯޑުން އަމަލުކޮށް ބިޑް އިވެލުއޭޓްކޮށްފައި ނުވާކަމަށެވެ. މި މައްސަލަ ކޯޓަށް ހުށައަޅާފައިވަނީ މިދިޔަ އަހަރު އޮގަސްޓްމަހު ދެވަނަ ދުވަހުއެވެ.

ހަނިމާދޫ ހައުސިން މަޝްރޫއު ނިންމަން އެ ދެ ކުންފުނިން ބިޑްކޮށްފައިވަނީ ޖޮއިންޓް ވެންޗާ ކޮށެވެ. ނަމަވެސް އެ ކުންފުނަޏަށް މަސައްކަތް ލިބިފައިނުވަނީ, ބިޑްގައި ދެ ރިކުއައިމަންޓެއް ފުރިހަމަ ނުވާތީ ކަމަށް ނޭޝަނަލް ޓެންޑާ ބޯޑުން ވަނީ ބުނެފައެވެ.

އެ ރިކުއައިމަންޓްތައް ފުރިހަމަވާކަމަށް، މުސްތަގިއްލު ރިވިއު ކޮމެޓީން އަންގާފައިވާއިރު، އެ ކޮމެޓީގެ ނިންމުން ބަދަލުކުރުމުގެ ބާރު ނޭޝަނަލް ޓެންޑާ ބޯޑަށް ލިބިގެންނުވާ ކަމަށް ބުނެ އެ މަސައްކަތް ހަވާލުކޮށްފައިވަނީ އެހެން ކުންފުންޏަކާއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293