twitterviber whatsapp telegramfacebookyoutube instagram
29th September 2023

ޒުވާނުންނަށް އަމާޒުކޮށްގެން އެސްޓީއޯއިން ތަމްރީނު ޕްރޮގްރާމެއް

Jan 4, 2022

ޒުވާނުންނަށް މަސައްކަތުގެ މާހައުލުގައި ތިބެގެން ތަމްރީނާއި ތަޖުރިބާ ހޯދުމުގެ ފުރުސަތު ފަހިކޮށް ދިނުމަށް ޔޫތް މިނިސްޓްރީން އެސްޓީއޯއާއެކު އެއްބަސްވުމެއް ހަދައިފި އެވެ.

މިއީ ނެޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ދަށުން ހިންގާ ޕްރޮގްރާމެކެވެ. އެގޮތުން 26 ޒުވާނުންނަށް މި ޕްރޮގްރާމުގެ ތެރެއިން ފުރުސަތު ލިބޭނެއެވެ.

އެސްޓީއޯއިން ބުނީ އެ ޕްރޮގްރާމަކީ މަސައްކަތުގެ މާހައުލުގައި ތިބެ، ތަޖުރިބާކާރުންގެ ބެލުމުގެ ދަށުން މަސައްކަތްތައް ދަސްކޮށް، ތަމްރީނާއި ތަޖުރިބާ ހޯދުމުގެ ފުރުސަތު ގައުމީ ފެންވަރުގައި ހުޅުވާލުން ކަމަށެވެ.

އެސްޓީއޯގެ ތަމްރީން ޕްރޮގްރާމުގައި ބައިވެރިވާން ހަ ދާއިރާއަކުން ފުރުސަތު ހުޅުވާލާއިރު އެ ތަމްރީންތަކުގައި ހަ މަސް ދުވަސް ހޭދަކުރަން ޖެހޭނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355