twitterviber whatsapp telegramfacebookyoutube instagram
25th April 2024

އަމީރު އަމީން ސްކޫލުގެ “މަލަސް 2011” މިއަދު ފެށިއްޖެ

May 27, 2011

އިބްރާހިމް ހަމީދު

އަމީރު އަމީން ސްކޫލުން ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ “މަލަސް” ޝޯ މިއަދު ހަވީރު ފަށައިފިއެވެ.

ކުޅުދުއްފުށީގައި ހުރި އެންމެ ދުވަސްވީ ޕްރީ ސްކޫލުކަމަށްވާ އަމީރު އަމީން ސްކޫލުގެ މިއަހަރުގެ ޝޯ އާބެހޭގޮތުން އެ ސްކޫލު ހިންގުމާހަވާލުވެހުރި އެޑްމިންސްޓްރޭޓިވް އޮފިސަރ އައިޝަތު މުހައްމަދު ވިދާޅުވީ މަލަސް ޝޯގެ ނަމުގައި ކޮންމެ އަހަރަކު ޝޯއެއް ބޭއްވުމުގެ އެންމެ ބޮޑު މަގްޞަދަކީ ކުދިންނަށް އެކުދިންގެ ހަރަކާތް ތައް ސްޓޭޖްމަތިން ދައްކާލުމަށް ފުރުޞަތެއް ދިނުން ކަމަށެވެ. އަދި ޕްރައިމަރީ ގުރޭޑް ތަކަށް ދިއުމުގެ ކުރިން އެކުދިންގެ މެދުގައި އިޖްތިމާއީ ހުނަރު އަށަގެންނެވުމާއެކު އެހުނަރުތަކަށް ހޭލުންތެރިކުރުވުން ކަމުގައި ވިދާޅުވިއެވެ.

އަމީރު އަމީން ސްކޫލުގެ މިއަހަރުގެ މަލަސް ޝޯ ކުރިއަށްދާނީ މާދަމާގެ ނިޔަލަށެވެ. 10 ރުފިޔާއަށް ޓިކެޓް ވިއްކައިގެން ބާއްވާ މިޝޯއިން ލިބޭ ފައިސާގެ ތެރެއިން ޝޯގެ ހަރަދު ކެނޑުމަށްފަހު ބާކީވާ ފައިސާ ޖަމާކުރުމަށް ހަމަޖެހިފައިވަނީ އެސްކޫލުގެ ޕީޓީއޭ ފަންޑަށް ކަމަށް މައުލޫމާތު ލިބެއެވެ. ދެދުވަހުގެ މުއްދަތަށް ބާއްވާ މިޝޯގެ ހުރިހާ ޓިކެޓެއްވެސް ވިކިފައިވާކަމަށް އެސްކޫލުން މައުލޫމާތު ދެއެވެ.

އަމީރު އަމީންގެ “މަލަސް 2011” ބާއްވަނީ ކުޅުދުއްފުށީގެ ވަރަށް ގިނަ ވިޔަފާރިވެރިންގެ އެހީތެރިކަމާއެކު ކަމަށް އާއިޝަތު މުހައްމަދު ވިދާޅުވިއެވެ. އަދީ އޭގެ އިތުރުން ކުޅުދުއްފުށީގެ ކައުންސިލުގެ ބައެއް މެމްބަރުންވެސް އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް އައިޝަތު މުހައްމަދު ވިދާޅުވިއެވެ.

މިއަދު ހަވީރު ކުޅުދުއްފުށީ ތިލަދެކުނު ސިނަމާގައި ބޭއްވި މިޝޯ ޝަރަފުވެރިކޮށްދެއްވީ ކުޅުދުއްފުށީ ކައުންސިލުގެ ތައުލީމާބެހޭ ކަންކަން ބަލަހައްޓަމުން ގެންދަވާ އެކައުންސިލްގެ މެމްބަރު އިބްރާހީމް ރަމީޒެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355