twitterviber whatsapp telegramfacebookyoutube instagram
24th April 2024

ބަންދުގައި ތިބި ދެ މީހުން ޝަރުތުތަކާއެކު ދޫކޮށްލައިފި

ނަބީލާ އިސްމާޢީލް
Jan 9, 2022
1

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަށް ގޮވާލާ އިދިކޮޅު ޕީޕީއެމް، ޕީއެންސީން އިންޑިއާ އައުޓްގެ ނަމުގައި ހުކުރު ދުވަހު ބޭއްވި މުޒާހަރާއިން ހައްޔަރުކުރި ދެ މީހަކު ޝަރުތުތަކަކާއެކު ދޫކޮށްލައިފިއެވެ.

އެ ހަރަކާތުގެ ތެރެއިން އެދުވަހު 29 މީހަކު ހައްޔަރުކުރި އެވެ. އެކަމަކު ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވި ދެ މީހަކު ފިޔަވައި ދެން ތިބި މީހުން އިއްޔެގެ ވަގުތެއްގައި ވަނީ ދޫކޮށްލައިފަ އެވެ.

ހައްޔަރުކުރި ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށްޓަކައި އިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރުކުރިއެވެ. ޝަރުތުތަކަކާ އެކު އެ ދެ މީހުން ދޫކޮށްލަން އެ ކޯޓުން އަމުރުކުރިއެވެ. ނަމަވެސް ކުރި ޝަރުތުތަކަކީ ކޮބައިކަމެއް ފުލުހުން ހާމައެއް ނުކުރެއެވެ.

މި އެއްވުމުން ހައްޔަރުކުރި މީހެއްގެ މައްޗަށް ބޮޑެތި ތުހުމަތުތަކެއް ފުލުހުން ވަނީ ކޮށްފަ އެވެ. އެގޮތުން ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސް އެޅުމުގެ ތުހުމަތާއި ފުލުހަކަށް ހަމަލާދީ މާރާމާރީ ހިންގުމާއި ފުލުހުންގެ ވެހިކަލަކަށް ގެއްލުން ދިނުމުގެ ތުހުމަތު އެ މީހާގެ މައްޗަށް ފުލުހުން ކުރި އެވެ.

އިންޑިއާ އައުޓް މުޒާހަރާތަކުގައި ރާއްޖޭގައި، އިންޑިއާގެ އަސްކަރިއްޔާ ގާއިމުވެ ތިބުމާ ދެކޮޅަށް ގެންދަނީ އަޑު އުފުލަމުންނެވެ.

މި މުޒާހަރާތައް ރޫޅުމަށް މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔުމުގެ ތެރޭގައި ހާލަތާ ނުބައްދަލު ބާރު ފުލުހުން ބޭނުން ކުރިކަމަށް ބުނެ އެ ޕާޓީން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355