twitterviber whatsapp telegramfacebookyoutube instagram
30th April 2025

ކުދި އަދި މެދު ފަންތީގެ ވިޔަފާރި ގިންތިކުރާ ގަވައިދު ނެރެފި

ޚަދީޖާ އާދަމް
Jan 9, 2022

ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ގިންތިކޮށް އެކަމަށް ހާއްސަ ގަވާއިދު މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން ނެރެފި އެވެ.

މި ގަވާއިދު ގެ މަގުސަދަކީ ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްގެން ހިންގާ ހުރިހާ ވިޔަފާރިތައް ގިންތިކޮށް ވިޔަފާރި އަށް ލިބިފައިވާ ގިންތިއަށް އަންނަ ބަދަލު ދަފުތަރުގައި ހިމަނައި އެ މައުލޫމާތު އާންމުކުރުމުގައި މިނިސްޓްރީން އަމަލުކުރާނެ ގޮތް ބަޔާންކުރުމެވެ.

ގަވައިދުގައި ވިޔަފާރިތައް ގިންތި ކޮށްފައިވަނީ 3 ބަޔަކަށެވެ. އެއީ އެންމެ ކުދި ފަންތި، ކުދި ފަންތި އަދި މެދު ފަންތި އެވެ. މި ގަވާއިދުގައިވާ ގޮތުން ވަކި ގިންތި އަކަށް ވިޔަފާރިއެއް ކަނޑައެޅުމުގައި ބަލާނީ، އެ ވިޔަފާރި އަކުން ފޯރުކޮށްދޭ ހިދުމަތްތަކެވެ.

އެންމެ ކުދި ފަންތީގެ ވިޔަފާރި

- އެންމެ ކުދި ވިޔަފާރި (0-5 މުވައްޒަފުން) އާމްދަނީ ފަސް ލައްކަ، ސާފު ފައިދާ 75،000ރ. އާ ހަަމައަށް

ކުދި ފަންތީގެ ވިޔަފާރި

- ކުދި ވިޔަފާރި (6-30 މުވައްޒަފުން) އާމްދަނީ ފަސް ލައްކަ ރުފިޔާއަށް ވުރެ މަތި ފަސް މިލިއަނާ ހަމައަށް ސާފު ފައިދާ 75،000ރ. އަށްވުރެ މަތި، 750،000ރ. އާ ހަަމައަށް

މެދު ފަންތީގެ ވިޔަފާރި

މި ގަވައިދު ނެރުމާއެކު މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީއާއި، މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް އަދި ވަޒީފާއާ ބެހޭ ގާނޫނު ތަންފީޒުކުރާ އިދާރާ އިން ލިބޭ މައުލޫމާތަށް ބިނާކޮށް، ކޮންމެ އަހަރެއްގެ އޯގަސްޓު މަސް ނިމުމުގެ ކުރިން ވިޔަފާރިތަކަށް ދީފައިވާ ގިންތި މިނިސްޓްރީން މުރާޖައާކޮށް، އެއްވެސް ބަދަލެއް އައިނަމަ އެ ބަދަލު އެނގޭނެ ގޮތަށް، އެ ވިޔަފާރިއެއްގެ ގިންތި ރިކޯޑު ކުރަން ޖެހެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355