twitterviber whatsapp telegramfacebookyoutube instagram
28th June 2026

ރަށުން ބޭރުގައި ތިބި ޓީޗަރުންނާއި ދަރިވަރުން އެނބުރި ރަށަށް ދާން އެދިއްޖެ

Jan 10, 2022

ޗުއްޓީއަށް އެހެން ރަށްރަށުގައި ތިބި ޓީޗަރުންނާއި ދަރިވަރުން އެނބުރި އެ ރަށަށް ދިއުމަށް އެޑިއުކޭޝަން މިނިސްޓްރީން އެދިއްޖެ އެވެ.

ކޮވިޑް-19 ގެ ކޭސްތައް އިތުރުވަމުން ދާ މި ދަނޑިވަޅުގައި އެޑިއުކޭޝަން މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނީ ސްކޫލްތަކުގެ ކިޔެވުން މެދުނުކެނޑި ކުރިއަށް ގެންދިއުމަކީ މިނިސްޓްރީން އަބަދުވެސް އިސްކަންދޭ ކަންތައް ކަމަށާއި އެހެންވެ، ދެ ވަނަ ޓާމުގެ ކިޔެވުން އަންނަ އާދިއްތަ ދުވަހު ފަށާއިރު ހުރިހާ ދަރިވަރުންނާއި ޓީޗަރުން ސްކޫލަށް ހާޒިރުވުމަކީ ވަރަށް ބޮޑު އެދުމެއް ކަމަށެވެ.

މާލެ ސަރަހައްދުގައި ކޮވިޑް ފެތުރޭ ވަރު އިތުރުވަމުންދިއުމާއެކު، އެޗްޕީއޭ އިން ވަނީ މިއަދުން ފެށިގެން މާލެއިން ރަށްރަށަށް ދަތުރުކުރާއިރު 72 ގަޑިއިރު ނުވާ ޕީސީއާރު ޓެސްޓް ހިފައިގެން ދަތުރުކުރުމަށް އިއްޔެ އަންގައިފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355