twitterviber whatsapp telegramfacebookyoutube instagram
30th April 2025

ޕިޗްއަޕް ޔޫތު އޮންޓްރޮޕްރިނިއަރޝިޕް ޗެލެންޖު ކާމިޔާބު ކުރި ފަރާތްތަކަށް އެވޯޑް ދީފި

ޚަދީޖާ އާދަމް
Jan 10, 2022

ވިޔަފާރީގެ ހުނަރު ތަރައްގީ ކުރުމުގެ ގޮތުން ބޭއްވި "ޕިޗްއަޕް ޔޫތު އޮންޓްރޮޕްރިނިއަރޝިޕް ޗެލެންޖު" ކާމިޔާބު ކުރި ފަރާތްތަކަށް ރަސްމީގޮތުން ގްރާންޓު އެވޯޑުދީފި އެވެ.

މިއީ ޒުވާނުންނަށް ހާއްސަކޮށްގެން އުފެއްދުންތެރި ވިޔަފާރީގެ ހިޔާލު ހުށަހަޅައި، އެ ހިޔާލުގައި ކާމިޔާބު ވިޔަފާރިއެއްގެ ސިފަ ޖެއްސުމައް ފަރުމާކޮށްފައިވާ ޕްރޮގްރާމެކެވެ.

މި މުބާރާތް ހާއްސަކޮށްފައިވަނީ ފަތުރުވެރިކަމާއި ފަތުރުވެރިކަމާއި ގުޅުންހުރި އުމްރާނީ މަސައްކަތާއި، އިންފޮމޭޝަން ކޮމިއުނިކޭޝަން އެންޑް ޓެކްނޮލޮޖީ އަދި ދަނޑުވެރިކަމުގެ ދާއިރާއަށެވެ.

ހެންވޭރު މީރުމާ މާލަމުގައި މިއަދު މެންދުރު ބޭއްވި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ ސީގަލް ގްރޫޕާއި، ވޮޔެޖަރޒް މޯލްޑިވްސްގެ ކޯ ފައުންޑަރ އަދި މެނޭޖިންގް ޑިރެކްޓަރ ސަލާހް ޝިހާބެވެ.

"ޕިޗްއަޕް: ޔޫތު އެންޑްރޮޕްރިނިއަރޝިޕް ޗެލެންޖް" ގައި 18 އަހަރާއި 35 އަހަރާއި ދެމެދުގެ 46 ދިވެހި ޒުވާނުން ޝާމިލުވާ 23 އައު ވިޔަފާރިއަކަށް އެކު ޖުމުލަ 12.4 މިލިޔަން ދިވެހި ރުފިޔާގެ ހިލޭ އެހީ އެވޯޑު ކޮށްފައިވެއެވެ.

މި ޕްރޮގްރާމަކީ ދިވެހި ޒުވާނުންނަށް ޚާއްސަ އަހައްމިޔަތުކަމެއް ދީގެން ޓެކްނިކަލް އަދި ވޮކޭޝަނަލް ދާއިރާއާއި، ވިޔަފާރިވެރިކަމުގެ ހުނަރުތައް ތަރައްގީކޮށް ޒުވާނުންނަށް ވަޒީފާއާއި އާމްދަނީގެ މަގުތައް ފަހިކޮށްދިނުމަށް ވޯލްޑް ބޭންކުގެ އެހީގައި ހަޔާ އެޑިއުކޭޝަން މިނިސްޓްރީ އާއި އިކޮނޮމިކް މިނިސްޓްރީ ގުޅިގެން ހިންގާ "މޯލްޑިވްސް އެންހޭންސިންގ އެމްޕްލޯޔަބިލިޓީ އެންޑް ރެޒިލިއަންސް އޮފް ޔޫތު - މީރީ" ޕްރޮޖެކްޓުގެ މައިގަނޑު އެއް ހަރަކާތެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355