twitterviber whatsapp telegramfacebookyoutube instagram
5th October 2026

މިދިޔަ އަހަރު ދައުލަތަށް ޑޮލަރުން ބޮޑު އާމްދަނީއެއް

ޚަދީޖާ އާދަމް
Jan 11, 2022

މިދިޔަ އަހަރު ޑޮލަރުން ދައުލަތަށް ބޮޑު އާމްދަނީއެއް ލިބިފައިވާކަމަށް މީރާގެ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.

މިދިޔަ އަހަރު ރާއްޖެއަށް 1.3 މިލިއަން ޓޫރިސްޓުންނާއެކު ޑޮލަރުން އާމްދަނީގެ ގޮތުގައި ދައުލަތަށް 625 މިލިއަން ޑޮލަރު ލިބިފައިވެ އެވެ.

ވޭތުވެ ދިޔަ 10 އަހަރުގެ ތެރޭގައި ޑޮލަރުގެ ގޮތުގައި ދައުލަތަށް އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ 2019 ވަނަ އަހަރު އެވެ. އެ އަހަރު 1.7 މިލިއަން ޓޫރިސްޓުން އައިސްފައިވާއިރު 653 މިލިއަން ޑޮލަރު ލިބިފައިވެ އެވެ. ތިން ވަނައަށް އެންމެ ބޮޑު އާމްދަނީ އެއް 2018 ވަނަ އަހަރު ލިބިފައިވާއިރު އެއަހަރު 623 މިލިއަން ޑޮލަރު ލިބިފައިވެއެވެ. ހަތަރު ވަނައަށް 2016 ވަނަ އަހަރު 573 މިލިއަން ޑޮލަރު އަދި ފަސް ވަނައަށް 2017 ވަނަ އަހަރު 567 މިލިއަން ޑޮލަރު ވަނީ ލިބިފައެވެ.

10 އަހަރުތެރޭގައި އެންމެ މަދުން ޑޮލަރުން އާމްދަނީ ލިބިފައިވަނީ 2012 ވަނަ އަހަރު އެވެ. އެ އަހަރު ލިބިފައިވަނީ 269 މިލިއަން ޑޮލަރެވެ.

މިދިޔަ އަހަރު ޑޮލަރުން ބޮޑު އާމްދަނީއެއް ލިބިފައިވާ ކަމަށް ބެލެވެނީ ކޮވިޑް-19 އާ ގުޅިގެން ޓްރެވަލް ޓަރެންޑަށް އައި ބޮޑު ބަދަލުގެ ސަބަބުންނެވެ. މިގޮތުން ކުރިން އެވްރެޖުކޮށް ޓޫރިސްޓުން ރާއްޖޭގައި ހަފުތާއެއް މަޑު ކުރި ނަމަވެސް ކޮވިޑުގެ ހާލަތުގެ ސަބަބުން ޓޫރިސްޓުން ތިބޭ މުއްދަތު ވަނީ ނުވަ ދުވަހަށް ބަދަލުވެފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293