twitterviber whatsapp telegramfacebookyoutube instagram
26th May 2025
ADVERTISEMENT

ރޭންޑަމް ސާމްޕަލްތަކެއް ޕޮޒިޓިވްވެ ކުޅުދުއްފުށީގެ އަދަދު 62 އަރައިފި

ޚަދީޖާ އާދަމް
Jan 11, 2022

ކުޅުދުއްފުށިން ރޭންޑަމް ސާމްޕަލްތަކެއް ޕޮޒިޓިވްވެ ކޮވިޑް ޖެހުނު މީހުންގެ އަދަދު 62 އަރައިފި އެވެ.

އެގޮތުން އިއްޔެ ރޭންޑަމް 3 ސާމްޕަލެއް ޕޮޒިޓިވްވެފައިވާއިރު މިއަދު ވަނީ ރޭންޑަމް 2 ސާމްޕަލް ޕޮޒިޓިވްވެފަ އެވެ. މިއަދު ފުލޫ ސާމްޕަލެއްވެސް ޕޮޒިޓިވްވެފައިވާއިރު ކޮންޓެކްޓް ޓްރޭސިން ގެތެރެއިން 5 މީހަކު ވަނީ ޕޮޒިޓިިވް ވެފައެވެ.

ކޭސްތަކާއި ގުޅިގެން މިވަގުތު 32 ގެއެއް ވަނީ މޮނީޓަރިންގެ ހާލަތަށް ގެނެސްފައެވެ.

މިވަގުތު ކުޅުދުއްފުށީގެ އިތުރުން ހދ ގެ 6 ރަށެއްގައި ކޮވިޑް ކޭސްތައް ދަނީ ފެތުރެމުންނެވެ. ކުޅުދުއްފުށި ފިޔަވާ އެންމެ ގިނަ ކޭސް ފެނިފައިވަނީ ނޮޅިވަރަންފަރުންނެވެ. އެރަށުން 65 ކޭސް ވަނީ ފެނިފައެވެ.

ނައިވާދޫއިން 26 ކޭސް ފެނިފައިވާއިރު ވައިކަރަދޫއާއި ނެއްލައިދޫން ވަނީ 6 ކޭސް ފެނިފައެވެ. އަދި ކުރިނބީން 2 ކޭސް ނޮޅިވަރަމުން 4 ކޭސް ވަނީ ފެނިފައެވެ.

ނަން
ކޮމެންޓް
Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355
mail@kulhudhuffushi.com