twitterviber whatsapp telegramfacebookyoutube instagram
23rd October 2026

97،216 މީހުން ބަލިން ފަސޭހަ ވެއްޖެ، އެކްޓިވް ކޭސްގެ އަދަދަކީ 4،877

ޚަދީޖާ އާދަމް
Jan 16, 2022

ރާއްޖޭން ކޮވިޑް ޖެހުނު މީހުންގެ ތެރެއިން މިވަގުތު އެކްޓިވް ކޭސްގެ ގޮތުގައި 4،877 މިހުން ތިބިއިރު ބަލިން ފަސޭހަވެފައިވާ މީހުންގެ އަދަދުވަނީ 97،216 އަށް އަރާފައެވެ.

ބަލި މީހުންގެ ތެރެއިން މިވަގުތު 23 މީހަކަށް ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވަދެމުން އަންނައިރު މިހާތަނަށް ރާއްޖޭން ޖުމްލަ 102،372 މީހަކަށް ކޮވިޑް ޖެހިފައެވެ.

ރާއްޖޭގައި އަނެއްކާވެސް ކޮވިޑްގެ ހާލަތު ގޯސްވަމުން އަންނައިރު މިހާތަނަށް ބަލީގެ ހާލަތު އެންމެ ބޮޑަށްގޯސްވީ މިދިޔަ އަހަރު އޭޕްރީލް އާއި ޖޫން އާއި ދެމެދުއެވެ. އެފަހަރު އޭޝިޔާ ގައުމުތަކުގެ ތެރެއިން ކޮވިޑްގެ ހާލަތު އެންމެ ގޯސްވީ ރާއްޖޭގައެވެ.

ރާއްޖޭން ބަލި ޖެހުނު މީހުންގެ 60 އިންސައްތަ ހިމެނެނީ އެ މުއްދަތުގެތެރޭގަ އެވެ. އެ މުއްދަތުގެ ތެރޭގައި 100 ވުރެ ގިނަ މީހުން ބަލީގައި ވަނީ މަރުވެފައެވެ. އޭގެތެރެއިން މެއި މަހު އެކަނިވެސް 88 މީހުން ވަނީ މަރުވެފައެވެ. ރާއްޖޭން މިހާތަނަށް ބަލީގައި މަރުވި މީހުންގެ އަދަދަކީ 265 އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293