twitterviber whatsapp telegramfacebookyoutube instagram
27th October 2026

71.9 މިލިއަން ރުފިޔާއަށް ހޯރަފުށީ މަގުތައް ހެދުމަށް އެމްޓީސީސީއަށް

ނަބީލާ އިސްމާޢީލް
Jan 17, 2022

ހއ. ހޯރަފުށީ މަގުތައް ހެދުމުގެ އަމަލީ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)ން ފަށައިފިއެވެ.

ހޯރަފުށީގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި މި މަސައްކަތް ފައްޓަވައި ދެއްވީ ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމެވެ.

މި މަޝްރޫއާ ބެހޭ ގޮތުން އިތުރު މައުލޫމާތު ދެއްވަމުން އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމް ވިދާޅުވީ ޖުމްލަ 11 މަގެއް މި މަޝްރޫއުގެ ދަށުން ތަރައްގީ ކުރާނެ ކަމަށެވެ. ޖުމްލަ 71.9 މިލިއަން ރުފިޔާގެ މި މަޝްރޫއުކުރިއަށް އޮތް ހަތް މަސް ދުވަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ހއ. އަތޮޅުގެ އާބާދީ އެންމެ ބޮޑު އެއް ރަށް ކަމަށްވާ ހޯރަފުށީގެ 11 މަގެއްގައި ތާރު އަޅަން އެމްޓީސީސީއާ ހަވާލުކުރީ އޭޕްރިލް 2021ގަ އެވެ. ނަމަވެސް އެ މަސައްކަތް އިފުތިތާހު ކޮށްފައި ވަނީ މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގަ އެވެ. މަޝްރޫއު އިފުތިތާހު ކޮށްދެއްވީ ނައިބު ރައީސް ފައިސަލް ނަސީމެވެ.

އިހަވަންދިއްޕޮޅުގައި އޮތް ހަމައެކަނި އެއާޕޯޓު އޮންނަ ހޯރަފުއްޓަކީ އެސަރަހައްދުގެ ގިނަ ބަޔަކު އަރައިފައިބާ އުޅޭ ރަށެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293