twitterviber whatsapp telegramfacebookyoutube instagram
19th September 2026

ކުޅުދުއްފުށީގައި ބަލި ޖެހިފައި ތިބި މީހުންގެ އަދަދު 148 އަށް

އަބްދުލް ވާހިދު ޙަސަން
Jan 17, 2022

ކުޅުދުއްފުށީގައި ކޮވިޑް-19 ޖެހިފައި ތިބި މީހުންގެ އަދަދު 148 އަކަށް އަރައިފި އެވެ. ހޯމަ ދުވަހު އަލަށް ބައްޔަށް ޕޮޒިޓިވްވީ 21 މީހުންނެވެ. އަދި މިއަދު ވަނީ 8 މީހަކު ބަލިން ރަނގަޅުވެފަ އެވެ.

ކުޅުދުއްފުއްޓާއި ހދ އަތޮޅުގެ ގިނަ ރަށްތަކެއްގައި ކޮވިޑް-19 ހަލުވިކަމާއެކު ފެތުރެމުންދާއިރު ހަތަރު ރަށެއް އޮތީ މޮނިޓަރިންގ އަށް ލާފަ އެވެ. އެގޮތުން ހަނިމާދޫ، ނޮޅިވަރަންފަރު، އިތުރުން ނެއްލައިދޫވެސް އޮތީ މޮނިޓަރިންގ އެވެ.

އަދި މި ސަރަހައްދުގެ އެހެން ބައެއް ރަށްތަކަށް ބަލާއިރު ހއ އިހަވަންދޫ އާއި ށ ފުނަދޫވެސް އޮތީ އެޗްޕީއޭގެ ބަންދުގައި އެވެ.

ކޮވިޑް ކޭސްތައް ކުޅުދުއްފުށީގައި އިތުރުވަމުންދާއިރު ބަލީގެ ބޮޑުވަރުވެގެން މިހާތަނަށް ރިޕޯޓްކޮށްފައެއް ނުވެ އެވެ. އެކަމަކު މިފަހުން ގިނަ އަދަދަކަށް ރޭންޑަމް ސާމްޕަލްތައްވެސް ޕޮޒިޓިވްވަމުންދާތީ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ކަމާ ގުޅުން ހުރި މުވައްސަސާތަކުންދަނީ އިލްތިމާސްކުރަމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293