twitterviber whatsapp telegramfacebookyoutube instagram
28th June 2026

މަކުނުދޫ ކޮވިޑް އެކްޓިވް ކޭހުގެ އަދަދު 11 އަށް އަރައިފި

Jan 18, 2022

ހދ. މަކުނުދޫގައި ކޮވިޑް-19އަށް ޕޮޒިޓިވްވެފަވާ މީހުންގެ އަދަދު 11 އަށް އަރައިފި އެވެ.

މަކުނުދޫ ސިއްހީ މަރުކަޒުގެ އޮފިސަލަކު ކޭއޯއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މިފަހުން އެ ރަށުން ކޮވިޑަށް ޕޮޒިޓިވްވެފައިވަނީ ޓްރެވެލް ހިސްޓްރީއެއް ނެތް ދެ ފަރާތަކުން ރޯގާގެ އަލާމާތްތައް ހުރެގެން އެ ރަށު ސިއްހީ މަރުކަޒަށް ދެއްކުމުން މި މަހު 11 ވަނަ ދުވަހު އެވެ.

ނަމަވެސް އޭގެ ފަހުން އެ މިހުންގެ ޑައިރެކްޓް ކޮންޓެކްޓްގެ ގޮތުގައި ފާހަގަވެސފައިވާ 11 ފަރާތަކުން މިހާތަނަށް ޕޮޒިޓިވްވެފައިވާކަމަށް އޭނާ ވިދާޅުވި އެވެ.

އޮފިސަލު ވިދާޅުވީ މި ވަގުތު ޕޮޒިޓިވް މީހުންގެ ތެރޭގައި ހައިރިސްކް މީހަކު ނެތް ނަމަވެސް ރަށުތެރޭގައި ބަލި ފެތުރުމުގެ ފުރުސަތު ވަރަށް ބޮޑަށް އެބަ އޮތް ކަމަށެވެ.

ޕޮޒިޓިވް ކޭސްތަކާއި ގުޅިގެން 15 ގެއެއްގައި 70 މީހުން ވަނީ ކަރަންޓީން ކޮށްފަ އެވެ.

ހަލުވި ކަމާއި އެކު ކޮވިޑް ފެތުރެމުން އަންނަ މިދުވަސްވަރު ހދ. ގެ 10 ރަށެގައި މި ބަލި ޖެހިފައިވާ މީހުން އެބަ ތިއްބެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355