twitterviber whatsapp telegramfacebookyoutube instagram
20th April 2024

ނޮޅިވަރަންފަރުން ކޭސްތައް ދަނީ މަދުވަމުން، އާންމު ހާލަތު ރަނގަޅު

ޚަދީޖާ އާދަމް
Jan 19, 2022
1

ހދ ނޮޅިވަރަންފަރުގެ އާންމު ހާލަތު ރަނގަޅުކަމަށާއި މިވަގުތު ފެންނަމުންދާ ކޭސްތަކުގެ އަދަދުވެސް މަދުކަމަށް އެރަށު ކައުންސިލުން ވިދާޅުވެއްޖެ އެވެ.

ކޭއޯއަށް މައުލޫމާތު ދެމުން އެރަށު ކައުންސިލްގެ ރައީސް އަބްދުﷲ ނަދީމް ވިދާޅުވީ މިވަގުތު ޕޮޒިޓިވް ވަމުންދަނީ ކަރަންޓީންގައި ތިބި ފަރާތްތަކާއި ކޮންޓެކްޓުންގެ ގޮތުގައި ފާހަގަވެފައި ތިބި ފަރާތްތައް އެކަނި ކަމަށެވެ.

މިވަގުތު އެރަށުގެ އެކްޓިވް ކޭސްތަކުގެ އަދަދަކީ 82 އެވެ. ބަލި ޖެހުނު މީހުންގެ ތެރެއިން 65 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ. ނަދީމް ވިދާޅުވީ ބަލި ޖެހުނު 2 މީހަކު ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ދިން ނަމަވެސް އެއްވެސް މީހެއްގެ ހާލު ސީރިއަސްނުވާ ކަމަށެވެ. ޕޮޒިޓިވްވެފައިވާ މީހުންގެ ތެރޭގައި ހައި ރިސްކު ދެމީހުންވެސް ހިމެނޭ ކަމަށާއި އެމީހުންގެ ހާލުވެސް ރަނގަޅުކަމަށެވެ.

ޕޮޒިޓިވްވި މީހުންގެ ތެރެއިންވެސް ކޮވިޑްގެ އިތުރު ވޭރިއަންޓެއްގެ ކޭހެއް ފާހަގަ ވެފައިނުވާކަމަށްވެސް ނަދީމް ވިދާޅުވި އެވެ. އެރަށުން ކޭސްތައް ފެނި ކޮމިއުނިޓީ ސްޕްރެޑަކަށް ދިޔަނަމަވެސް ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަކޮށް ކޭސްތައް ވަނީ ކޮންޓްރޯލް ކޮށްފައެވެ. އެގޮތުން ކުރިއަށް އޮތްތަނުގައި ކޭސްތަކުގެ އަދަދު މަދުވާނެކަމަށް ލަފާކުރެވޭކަމަށް ނަދީމް ވިދާޅުވި އެވެ.

މިފަހުން އެރަށުން ފުރަތަމަ ޕޮޒިޓިވްވީ މިމަހު 4 ވަނަ ދުވަހު ބަލީގެ އަލާމާތް ހުރެގެން ފުލޫ އީޕީޑީއަށް ދެއްކި މީހެކެވެ. ނޮޅިވަރަންފަރުގައި މިމަހު 9 ވަނަ ދުވަހުން ފެށިގެން އޮތީ މޮނީޓާރިންގެ ހާލަތު އިއުލާންކޮށްފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355