twitterviber whatsapp telegramfacebookyoutube instagram
9th June 2026

އަމިއްލަ ވިޔަފާރިއެއްގެ އެހީގައި ނޮޅިވަރަންފަރުގައި އައުޓްޑޯ ޖިމެއް ހަދައިފި

ނަބީލާ އިސްމާޢީލް
Apr 29, 2024
1

ހދ ނޮޅިވަރަންފަރު އަންހެންނުން ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީއާއި ގުޅިގެން އެރަށު އަމިއްލަ ވިޔަފާރީއަކުން ތަރައްގީކުރި އައުޓްޑޯރ ޖިމް ހުޅުވައިފި އެވެ.

ނޮޅިވަރަންފަރު އަންހެނުން ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ ރައީސާ ނަޒުމީނާ އަހުމަދު ވިދާޅުވީ މި ޖީމް ހެދުމުގެ ހުރިހާ ހަރަދެއްވެސް ކޮށްފައިވަނީ އެ ރަށު އަލިރާ ކޮމްޕެނީގެ ފަރާތުން ކަމަށެވެ.

"ޑަބްލިއުޑީސީއަށް އެ އޮފާއައީމަ އަޅުގަނޑުމެންވެސް ބޭނުންވެފައިވާކަމަކަށްވާތީ ޑަބްލިއުޑީސީން ހަމައެކަނި ކައުންސިލާ ގުޅިގެން ޖިމް ހަދާނެ ބިން ހަމަޖެއްސީ، އެހެން ހުރިހާ ކަމެއްވެސްކޮށްފައިވަނީ އަލިރާގެ ފަރާތުން." ނަޒުމީނާ ވިދާޅުވި އެވެ.

އެރަށު ވޮލީކޯޓް ކައިރީގައި ކުޅިވަރު ކުޅޭ ސަރަހައްދުގައި ހަދާފައިވާ މި ޖިމްއަކީ އަންހެނުނަށް ކަސްރަތުކުރަން ފަސޭހަވާނެހެން 5 ފޫޓަށް ފާރު ރާނާފައިވާ ތަނެކެވެ.

ނަޒުމީނާ ވިދާޅުވީ ހަމައެކަނި އަންހެނުންނާއި އަންހެން ކުދިންނަށް ހާއްސަކުރެވިގެން މި ޖިމްހެދުމުގެ މަގުސަދަނީ ނޮޅިވަރަންފަރު އަންހެނުންނަކީ ދުޅަހެޔޮ ސިއްހަތެއްގައި ހެލިފެލިވެއުޅޭ ބަޔަކަށް ހެދުމުގެ މަގުސަދުގައި ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355