ދިރާގުން ޕްރީޕެއިޑް ކޮމްބޯ ޕްލޭން އެކްޓިވޭޓް ކޮށްފައިވާ ފަރާތްތަކަށް ހާއްސަކޮށްގެން "ނައިޓް އެލަވަންސް" ގެ ނަމުގައި ރޭގަނޑު ހިލޭ ޑާޓާ ލިބޭ ޕްރޮމޯއެއް ތައާރަފްކޮށްފިއެވެ.
މި އާ ޕްރޮމޯގެ ދަށުން ދިރާގު މޮބައިލް ޕްރީޕެއިޑް ކަސްޓަމަރުންނަށް ޕްރީޕެއިޑް ކޮމްބޯ ޕްލޭނެއް އެކްޓިވޭޓް ކޮށްގެން އިތުރު ޑޭޓާ އާއި އެކު އޯލް އިންކްލޫސިވް ޑޭޓާ ޕްލޭންސް ލިބޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
އަލަށް ތައާރަފްކުރި "ނައިޓް އެލަވަންސް" ޑާޓާ މެންދަމު 1:00 އިން ހެނދުނު 7:00 އަށް ލިބޭނެ އެވެ.
ދިރާގުން ބުނީ މީގެ ދަށުން ސްޓްރީމިން، ޗެޓް އަދި ސޯޝަލް މީޑިއާ އަދި އެހެނިހެން ކަންކަމަށް ވެސް ޑާޓާ ލިބިގެންދާނެ ކަމަށެވެ.
އެންމެ ފަހަރަކު މި ހިދުމަތަށް އެކްޓިވޭޓް ކުރުމުން ހިދުމަތް ލިބިގެންދާނެ އިރު މީގެ ސަބަބުން ކަސްޓަމަރުންނަށް ވަކި އެޑް-އޮންތައް އެކްޓިވޭޓް ނުކޮށް އިތުރު ޑާޓާ ހޯދުމުގެ ފުރިހަމަ ފުރުސަތު ލިބިގެންދާނެ ކަމަށްވެސް އެ ކުންފުންނިން ބުންޏެވެ.
ޗެޓް، ސޯޝަލް މީޑިއާ، ސްޓްރީމިން ފަދަ ތަފާތު ބޭނުންތައް ހޯދާ ކަސްޓަމަރުންނަށް ހިދުމަތް ދިނުމަށް ހާއްސަ ޕެރެކްސް ޕޯޓްފޯލިއޯއެއްވެސް ދިރާގުން ވަނީ ފަރުމާކޮށްފައެވެ. އެ ކުންފުނިން ބުނީ މި ޕޯޓްފޯލިއޯއަށް އިތުރު ބަދަލުތައް ގެނެސްދޭނީ އެއަށްވުރެ ވެސް ކަސްޓަމަރުންގެ ބޭނުންތައް ބަލައިގެން ކަމަށެވެ.
މަހަކު 250 ރުފިޔާ އާ ހަމައަށް ދިރާގު މޮބައިލް ޕްރިޕެއިޑް ކަސްޓަމަރުންނަށް އޯލް އިންކްލޫސިވް ކޮމްބޯ ޕްލޭންތައް އެކްޓިވޭޓް ކުރެވޭނެއެވެ. މި ޕްލޭންތަކަކީ ދިރާގު ޕްރީޕެއިޑް އަދި ސަޅި ޕްރީޕެއިޑް ކަސްޓަމަރުންނަށް ވެސް ބޭނުންކުރެވޭނެ ޕްލޭންތަކެކެވެ.
ދިރާގު އެޕް މެދުވެރިކޮށް ކޮމްބޯ ޕްލޭންތައް އެކްޓިވޭޓް ކުރެވޭއިރު ކީވޯޑް މެދުވެރިކޮށް 343 އަށް އެސްއެމްއެސް ކޮށްގެންވެސް މި ހިދުމަތަށް އެކްޓިވޭޓް ކުރެވޭނެ އެވެ.
ދިރާގުން ބުނީ، މިއީ އެ ކުންފުނީގެ ހިދުމަތުގެ ތަޖުރިބާ އިތުރަށް ފުރިހަމަ ކުރުމަށް ޑިޖިޓަލް އެންބަބަލް އެއްގެ ގޮތުގައި ކެނޑިނޭޅި ދެމުން އަންނަ ހިދުމަތްތަކުގެ ދަށުން ކަސްޓަމަރުންނަށް ތައާރަފްކުރި ހިދުމަތެއް ކަމަށެވެ.
ދިރާގު މޮބައިލް ޕްރީޕެއިޑް ކޮމްބޯ ޕްލޭންސް އާ ބެހޭ އިތުރު މައުލޫމާތު ހޯއްދެވުމަށް، https://bit.ly/335ygUI