twitterviber whatsapp telegramfacebookyoutube instagram
22nd February 2026

އެސްޓީއޯ އިން ވިއްކާ ތެލުގެ އަގު ބޮޑުކޮށްފި

ނަބީލާ އިސްމާޢީލް
Jan 22, 2022

ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސް.ޓީ.އޯ) އިން ވިއްކާ ތެލުގެ އަގުބޮޑުކޮށްފިއެވެ.

އެ ކުންފުނިން ނެރުނު ބަޔާނެއްގައި ބުނީ، މިހާރު ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ހުރީ ފާއިތުވި ހަތް އަހަރު ތެލުގެ އަގު ބޮޑުނުވާ މިންވަރަށް ބޮޑުވެފައި ކަމަށެވެ.

އެހެންކަމުން އެ ކުންފުންޏަށް ތެޔޮ ގަންނަން ލިބޭ އަގުވެސް ވަރަށް ބޮޑުވެފައިވާ ކަމަށް އެސްޓީއޯ ގެ ބަޔާނުގައި ބުނެފައި ވެއެވެ.

މިއަދުން ފެށިގެން ފިއުލް ސަޕްލައިސް މޯލްޑިވްސްގެ ސްޓޭޝަން ތަކުން ތެޔޮ ލިބޭނެ އަގުތައް ބޮޑުވާނެ ކަމަށާއި ޕެޓްރޯލް ލީޓަރެއް ލިބޭނީ 12.06 ރުފިޔާ އަށް އަދި ޑީސަލް ލީޓަރެއް 12.44 ރުފިޔާ އަށެވެ.

އެ ކުންފުނީގެ ބަޔާނުގައި ބުނީ އަބަދުވެސް މަސައްކަތް ކުރަމުންދަނީ ވީހާވެސް ފަސޭހަގޮތެއްގައި މި ކުންފުނީގެ ކަސްޓަމަރުންނަށް ތެޔޮ ފޯރުކޮށްދެމުން ގެންދިއުމަށް ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355