twitterviber whatsapp telegramfacebookyoutube instagram
14th July 2026

ކިޔެވުން އޮންނާނީ ހަތަކުން މަތީގެ ދަރިވަރުންނަށް އެކަނި

ޚަދީޖާ އާދަމް
Jan 22, 2022

ކޮވިޑް ކޭސްތައް އިތުރުވަމުން ދާތީ ކުޅުދުއްފުށި މޮނީޓަރިންގެ ހާލަތަށް ގެނައުމާއި ގުޅިގެން، އެ ހާލަތު އުވާލަންދެން ސްކޫލްތަކުގައި ކިޔަވައިދެމުން ގެންދާނީ ގްރޭޑް 7 ން މަތީގެ ދަރިވަރުންނަށް ކަމަށް ސްކޫލްތަކުން ބުނެފި އެވެ.

މި މުއްދަތުގެ ތެރޭގައި އެހެން ގްރޭޑްތަކުގެ ދަރިވަރުންނަށް ގޭގައި ކުރާނެ މަސައްކަތް ހަވާލުކުރެވޭނެކަމަށާއި، އެއްވެސް އިތުރު ހަރަކާތެއް ނުގެންދާނެކަމަށްވެސް ސްކޫލްތަކުން މައުލޫމާތު ދެއެވެ.

މި ހާލަތުގައި ދަރިވަރުންނާއި ބެލެނިވެރިން އެޗްޕީއޭގެ ގަވައިދަށް އަމަލުކުރުމަށް ސްކޫލްތަކުން ވަނީ އިލްތިމާސް ކުރައްވާފައެވެ.

އެޗްޕީއޭއިން ކުޅުދުއްފުށި މޮނިޓަރިންގ ގެ ހާލަތަށް ގެނެސްފައިވަނީ މިއަދު މެންދުރު 12:57 ހާއިރު އެވެ. ކުޅުދުއްފުށީގެ އެކްޓިވް ކޭސްތަކުގެ އަދަދު 181 އަރާފައިވާއިރު މިއަދުވެސް އިތުރު 24 މީހަކުވަނީ ބައްޔަށް ޕޮޒިޓިވްވެފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355