twitterviber whatsapp telegramfacebookyoutube instagram
20th August 2026

މުއްދަތު ހަމަވެފައިވާ އައިޑީކާޑަށް ހިދުމަތް ލިބޭ މުއްދަތު އިތުރުކޮށްފި

ނަބީލާ އިސްމާޢީލް
Jan 24, 2022

މުއްދަތު ހަމަވެފައިވާ އައިޑީކާޑު ބޭނުންކުރެވޭ މުއްދަތު އަނެއްކާ ވެސް އަންނަ ޖުލައި މަހުގެ ނިޔަލަށް އިތުރުކޮށްފިއެވެ.

ޑިޕާޓްމަންޓު އޮފް ނޭޝަނަލް ރެޖިސްޓްރޭޝަނުން ބުނީ އެ މުއްދަތު އިތުރުކުރަން ނިންމާފައިވަނީ އަންނަ ޖުލައި މަހުގެ ނިޔަލަށް ކަމަށެވެ. އަދި އެހެން ކަންކުރަން ޖެހުނީ ގިނަ ބަޔަކު ވަދެ ނިކުމެ އުޅޭ ތަންތަނަކީ ކޮވިޑް ފެތުރުމުގެ ފުރުސަތު ބޮޑު ތަންތަން ކަމަށް ވާތީ ކަމަށެވެ.

އެ އޮފީހުން ބުނީ މިވަގުތަށް ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މުއްދަތު ހަމަވެފައިވާ އައިޑީކާޑު ބޭނުންކުރެވޭ ގޮތަށް ނިންމީ ކަމަށެވެ.

ދެހާސް ވިހި ވަނަ އަހަރުގެ ޖޫން މަހުން ފެށިގެން މުއްދަތު ހަމަވެފައިވާ އައިޑީކާޑު އަންނަނީ ބަލައިގަންނަމުންނެވެ.

މި ބަދަލަށް ފަހު، މުއްދަތު ހަމަވެފައިވާ ކާޑުތައް އާސަންދައިގެ ހިދުމަތަށާއި، އައިޑީކާޑު ބޭނުންކޮށްގެން ދެވޭ އެހެނިހެން ހިދުމަތްތަކުގައި ވެސް ބޭނުން ކުރެވެއެވެ. އަދި އިތުރު ލުޔެއްގެ ގޮތުން އައިޑީކާޑު ނޫން ލިޔުމެއް ބޭނުންކޮށްގެން އާސަންދައިގެ ހިދުމަތް ލިބޭނެ އިންތިޒާމު ވެސް ވަނީ ހަމަޖައްސައިފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355