twitterviber whatsapp telegramfacebookyoutube instagram
2nd November 2025

އަސާސީ ބޭހުގެ އަގު ކޮންޓްރޯލްކޮށް ވިއްކަން ޖެހޭނީ މާޗް މަހުން ފެށިގެން

Jan 25, 2022

އަސާސީ ބޭސްތައް ކޮންޓްރޯލް އަގުގައި ވިއްކަން ޖެހެނީ އަންނަ މާޗް މަހުން ފެށިގެންކަމަށް ހެލްތް މިނިސްޓްރީން ވިދާޅުވެއްޖެ އެވެ.

ހެލްތް މިނިސްޓްރީން މިގޮތަށް ނިންމެވިކަން ހާމަކުރެއްވީ ބޭހުގެ އަގު ކޮންޓްރޯލް ކުރުމަށް މިދިޔަ ނޮވެމްބަރު މަހު ހެލްތް މިނިސްޓްރީން ނެރުނު ގަވައިދު އަލުން އިސްލާހުކޮށް ނެރުނު ގަވައިދުގަ އެވެ. ގަވައިދުގައި ކުރިން އޮތީ ބޭހުގެ އަގު ކޮންޓްރޯލްކޮށް މިމަހު އެކަން ހާމަކުރުމަށެވެ.

އަސާސީ ބޭސްތައް ފިޔަވައި ދެން ހުރި ބާވަތުގެ ބޭސްތަކުގެ އަގު ކޮންޓްރޯލްކުރާނީ ކުރިން ވެސް ގަވާއިދުގައި އޮތްގޮތަށް މި އަހަރުގެ ޖުލައި މަހުން ފެށިގެން ކަމަށް ވެސް ބުނެފައި ވެއެވެ.

އަސާސީ ބޭސްތަކުގެ ލިސްޓާއި އޭގެ އަގު މާޗް މަހުން ފެށިގެން ސަރުކާރުން އާންމު ކުރަން ޖެހޭއިރު، ބޭސްތައް ވިއްކާ އަގުތައް ފާމަސީތަކުގައި ފެންނަ ގޮތަށް ބަހައްޓަން ޖެހޭނެ ކަމަށް ވެސް ބުނެފައި ވެއެވެ.

ބޭހުގެ އަގު ކޮންޓްރޯލް ކުރުމަށް ކުރިން ނެރުނު ގަވާއިދު ބުނާގޮތުން، ބޭސްތައް ވިއްކޭނީ އެންމެ ބޮޑުވެގެން ކޮސްޓް ޕްރައިސްގެ 100 ޕަސެންޓަށްވާ އަގަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355