twitterviber whatsapp telegramfacebookyoutube instagram
30th April 2024

އިތުރު 3 ރަށް ބަންދަށް، އަދަދު 30 އަށް

ޚަދީޖާ އާދަމް
Jan 26, 2022

އިތުރު 3 ރަށެއް އިއްޔެ ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން މޮނީޓަރިންގެ ހާލަތަށް ގެނެސްފި އެވެ. އެގޮތުން އިއްޔެ މޮނީޓަރިންނަށް ގެނެސްފައިވަނީ ގދ ވާދޫ، ށ މިލަންދޫ އަދި ގއ.ކޮލަމާފުއްޓެވެ.

މިރަށްތަކާއެކު މޮނީޓަރިންގައި އޮތް ރަށްތަކުގެ އަދަދު މި ވަނީ 30 އަށް އަރާފައެވެ. އޭތެރެއިން 28 ރަށް މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވަނީ މި މަހުއެވެ.

މިވަގުތު އެންމެ ގިނަ ދުވަސްވަންދެން މޮނިޓަރިންގައި އޮތް ދެ ރަށަކީ ކ.މާފުއްޓާއި ހއ.އިހަވަންދޫއެވެ. މާފުށި މިދިޔަ ޑިސެންބަރު މަހު 30 ވަނަ ދުވަހު މޮނީޓަރިންނަށް ލީއިރު، އިހަވަންދޫ މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވަނީ ޑިސެންބަރު 31 ވަނަ ދުވަހުއެވެ.

ޖެނުއަރީމަހު މޮނީޓަރިންނަށް ލީ ރަށްތައް

- 09 ޖެނުއަރީ: ހދ ނޮޅިވަރަންފަރު
- 14 ޖެނުއަރީ: ށ ފުނަދޫ، ބ ދަރަވަންދޫ، ދ ބަނޑިދޫ، ލ ގަން
- 16 ޖެނުއަރީ: ރ އުނގޫފާރު، ހދ ގައްދޫ، ހދ ހަނިމާދޫ
- 19 ޖެނުއަރީ: ކ ގުރައިދޫ، ބ އޭދަފުށި
- 20 ޖެނުއަރީ: ހއ ދިއްދޫ
- 21 ޖެނުއަރީ: ތ ގުރައިދޫ
- 22 ޖެނުއަރީ: ހދ ކުޅުދުއްފުށި، ށ ކަނޑިތީމު، ބ ގޮއިދޫ، ޅ ކުރެންދޫ، ލ ދަނބިދޫ، ލ ހިތަދޫ، ވ ކެޔޮދޫ
23 ޖެނުއަރީ: ނ ކުޑަފަރި، ގދ ތިނަދޫ
- 24 ޖެނުއަރީ: ގދ މަޑަވެލި، އދ މަހިބަދޫ، ދ ކުޑަހުވަދޫ، ދ.ހުޅުދެލި
- 25 ޖެނުއަރީ: ގދ ވާދޫ، ށ މިލަންދޫ އަދި ގއ.ކޮލަމާފުށި

ކޮވިޑްގެ 4 ވަނަ ރާޅާއެކު ރާއްޖޭން މީހުން ޕޮޒިޓިވްވާ އަދަދު މިވަނީ ވަރަށް ބޮޑަށް އިތުރުވެގެން ގޮސްފައެވެ. އެގޮތުން ފާއިތުވި 24 ގަޑިއިރު އަތޮޅުތެރެއިން 783 މީހަކު ވަނީ ބައްޔަށް ޕިޒިޓިވް ވެފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355