twitterviber whatsapp telegramfacebookyoutube instagram
8th April 2025
ADVERTISEMENT
އުނގެނުމުގެ އެހީތެރިކަން ބޭނުންވާ ދަރިވަރުންނަށް ހާއްސަ ފޮތެއް ނެރެފި--ފޮޓޯ: މިނިސްޓްރީ އޮފް ހަޔާ އެޑިއުކޭޝަން

އުނގެނުމުގެ އެހީތެރިކަން ބޭނުންވާ ދަރިވަރުންނަށް ހާއްސަ ފޮތެއް ނެރެފި

ނަބީލާ އިސްމާޢީލް
Jan 26, 2022

އުނގެނެން އެހީތެރިކަން ބޭނުންވާ ދަރިވަރުނަށް ހާއްސަ ފޮތެއް ހަޔާ އެޑިއުކޭޝަން މިނިސްޓަރު އިބްރާހިމް އަހުމަދު ނެރެ ދެއްވައިފި އެވެ.

މިއަދު ހަޔާ އެޑިއުކޭޝަން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި މިނިސްޓަރު ނެރެދެއްވީ އޮސްޓްރޭލިއާގެ އެވޯޑްސް ސްމޯލް ގްރާންޓްސް ސްކީމްގެ ދަށުން ޑރ. ފާތިމަތު ނިޝާން ތައްޔާރުކުރެއްވި ފޮތް "އުނގެނުމުގެ އެހީތެރިކަން ބޭނުންވާ ދަރިވަރުން: ބެލެނެވެރިންނަށް އެހީއެއް" މި ފޮތެވެ.

މި ފޮތަކީ އުނގެނުމުގައި ދަރިވަރުންނަށް ދިމާވާ ދަތިތަކާއިމެދު ބެލެނެވެރިންނަށް މައުލޫމާތު ހިއްސާކުރުމުގެ މަގުސަދުގައި ލިޔެ ތައްޔާރުކޮށްފައިވާ ފޮތެކެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ވިދާޅުވީ ކޮވިޑް-19ގެ ހާލަތާއި ގުޅިގެން ދަރިވަރުން ގޭގައި ގިނަ ވަގުތު ހޭދަކުރަން ޖެހުމުގެ ސަބަބުން އިޖުތިމާއީ މައްސަލަތައް ގިނަވި ކަމަށާއި މި ފޮތުގެ ސަބަބުން ގޭގައި ގިނަ ވަގުތު ތިބޭ ދަރިވަރުންނަށް ހާއްސަކޮށް ބެލެނެވެރިންނަށް ވަރަށް ބޮޑު އެހީއަކަށް ވެގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

އަދި ތައުލީމީ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކުން އިލްމީ ފޮތްތަށް ނެރެދެއްވުން އެއީ ރަނގަޅުކަމެއްގެ ގޮތުގައި ގަބޫލު ކުރައްވާކަމެއް ކަމަށެވެ.

އޮސްޓްރޭލިއާގެ އެވޯޑްސް ސްމޯލް ގްރާންޓްސް ސްކީމްގެ ދަށުން އިތުރު ދެ ފޮތެއް ނެރެން ހަމަޖެހިފައިވާ ކަމަށް ނިޝާން ވިދާޅުވި އެވެ. މިއީ އުނގެނުމުގެ އެހީތެރިކަން ބޭނުންވާ ދަަރިވަރުންގެ މައުލޫމާތު ބެލެނެވެރިންނަށް ދިވެހި ބަހުން ލިޔެ އުފެއްދުނު ފުރަތަމަ ފޮތެވެ.

ނަން
ކޮމެންޓް
Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355
mail@kulhudhuffushi.com