twitterviber whatsapp telegramfacebookyoutube instagram
12th September 2025

ޓިއާގެ ކެރެކްޓާ އަނަންޔާއަށް ވަރަށް ހާއްސަ

Jan 30, 2022

އަރަމުން އަންނަ ބަތަލާ އަނަންޔާ ޕާންޑޭގެ އެންމެ ފަހުގެ ފިލްމް ގެހެރާއިޔާން އޭނާ ކުޅުނު ޓީއާ ގެ ކެރެކްޓާއަކީ އޭނާގެ ހިތުގެ އެތިކޮޅެއްކަމަށް އޭނާ ބުނެފި އެވެ.

ދާދިފަހުން އިންސްޓަގްރާމުގައި އޭނާގެ ކެރެކްޓާގެ ވީޑިއޯއެއް ހިއްސާކުރަމުން ބުނީ ލޯތްބަކީ ބަހަކުން ބުނާ ބުނުމެއް ނޫންކަމަށާއި އަމަލުން ދައްކާ ދެއްކުމެއް ކަމަށެވެ.

އެ ވީޑިއޯގައި އެ ކެރެކްޓާގެ ހުރިހާ ރަހައެއް ފެނިގެންދާއިރު މިއީ މިހާތަނަށް އަންނަޔާ ފެންނަ އެންމެ ތަފާތު އެއް ރޯލެވެ.

މި ފިލްމުގައި ދިޕިކާ ޕަޑުކޯންއާއި ސިދާންތު ޗަތުރުވެދީވެސް މުހިއްމު ރޯލެއް ކުޅެފައިވާއިރު ފިލްމު ރިލީޒް ކުރަން ހަމަޖެހިފައިވަނީ އެމަޒޯން ޕްރައިމްއިންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355