twitterviber whatsapp telegramfacebookyoutube instagram
24th October 2026

އެމްޓީސީސީން ތަމްރީނުގެ ފުރުސަތުތަކެއް

ޚަދީޖާ އާދަމް
Jan 31, 2022

ބޮޑެތި މުސާރަތަކަކާ އެކު ފަންނީ ދާއިރާތަކުން ތަމްރީނުވުމުގެ ފުރުސަތުތަކެއް އެމްޓީސީސީން ހުޅުވާލައިފިއެވެ.

"ހުނަވަރު އެޕްރެންޓިސްޝިޕް"ގެ ނަމުގައި ކުރިއަށްގެންދާ މި ޕްރޮގްރާމުގެ ބައިވެރިންނަށް މަހަކު 5000 ރުފިޔާގެ އެލަވަންސެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދި ތިން މަސް ދުވަހުގެ ތަމްރީނުތަކަށް ފަހު، 10،000 ރުފިޔާއާއި 25،000 ރުފިޔާއާ ދެމެދުގެ މުސާރަ ލިބޭ ވަޒީފާތަކަށް ވަނުމުގެ ފުރުސަތު ލިބޭނެއެވެ.

މިއަދު އެމްޓީސީސީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދަައްކަވަމުން އެކުންފުނީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވީ ވަޒީފާތަކަށް ނަގާ ކުދިން މަސައްކަތް ކުރާނީ އެމްޓީސީސީގެ ސައިޓްތަކުގައި ޓްރެއިންވެފަ ތިބި މުވައްޒަފުންނާ އެއްކޮށްކަމަށެވެ.

މި ޕްރޮގްރާމުގެ ބައިވެރިންނަށް މާލެ ސަރަހައްދުގެ އިތުރުން ޕްރޮޖެކްޓު ސައިޓްތަކުގައާއި، ތިލަފުށި އަދި އެމްޓީސީސީގެ ބޯޓުފަހަރުގައި މަސައްކަތްކުރުމުގެ ފުރުސަތު ލިބޭނެއެވެ. މީގެ އިތުރުން ވެސް ހިދުމަތާ ގުޅޭ ގިނަ ދާއިރާތަކަކުން ތަމްރީނުވުމުގެ ފުރުސަތު މި ޕްރޮގްރާމުގެ ބައިވެރިންނަށް ލިބޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ހުނަވަރު ޕްރޮގުރާމުގެ އޯޕަންޑޭ މިފަހަރު ބޭއްވުމަށް ހަމަޖެހިފައިވަނީ ހދ.ކުޅުދުއްފުށީގައާއި، ލ.ފޮނަދޫގެ އިތުރުން މާލޭގައެވެ. އޯޕަންޑޭ ގައި ބައިވެރިވާ ފަރާތްތަކަށް ވަގުތުން އެޕްލިކޭޝަން ފޯމް ހުށަހެޅޭނެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293