twitterviber whatsapp telegramfacebookyoutube instagram
27th April 2024

އޫކްލާގެ އެންމެ ހަލުވި މޮބައިލް ނެޓްވޯކް އެވޯޑް ދިރާގަށް

Feb 1, 2022

ދުނިޔޭގެ އެންމެ މަޝްހޫރު ސްޕީޑް ޓެސްޓު ހަދާ ކުންފުނި ކަމަށްވާ "އޫކްލާ"އިން ރާއްޖޭގެ އެންމެ ހަލުވި މޮބައިލް ނެޓްވޯކްގެ އެވޯޑު ދިރާގަށް ދީފިއެވެ.

ދިރާގުން ބުނީ އޫކްލާގެ އެންމެ ފަހުގެ ސްޕީޑް ޓެސްޓު ރިޕޯޓުން، ރާއްޖޭގެ އެންމެ ހަލުވި އަޕްލޯޑް އަދި ޑައުންލޯޑް ސްޕީޑް ހޯދައިފައި ވަނީ އެ ކުންފުނިން ކަމަށެވެ.

އޫކްލާގެ ސީއީއޯ ޑަގް ސަޓްލްސް ވިދާޅުވި ގޮތުގައި އެ ކުންފުނީގެ ސްޕީޑް ޓެސްޓު އެވޯޑްގެ ބައިވެރިންނަކީ ނެޓްވޯކް އޮޕަރޭޓަރުންގެ ތެރެއިނެ ހޮވާލެވޭ ޑެލިގޭޝަންތަކެކެވެ. އަދި މި އެވޯޑް ލިބޭ ފަރާތްތަކަކީ އެ މާކެޓެއްގެ އެންމެ އިސް ސަފުގައި ހަރަކާތްތެރިވާ، ނަގާކިޔޭވަރުގެ އިންޓަނެޓް ހިދުމަތެއް ފޯރުކޮށްދެމުންދާ ފަރާތްތައް ކަމަށް ސަޓްލްސް ވިދާޅުވިއެވެ.

ދިރާގާ ބެހޭ ގޮތުން އޭނާ ވިދާޅުވީ، މިދިޔަ އަހަރުގެ ތިންވަނަ އަދި ހަތަރުވަނަ ކުއާޓަރުގައި އެ ކުންފުނިން ވަރުގަދަ ޕާފޯމަންސެއް ދައްކުވައިދީ، ކަސްޓަމަރުން ހަދާފައިވާ ސްޕީޑް ޓެސްޓުތަކުގެ ނަތީޖާއިންވެސް ކުރި ހޯދައިފައިވާ ކަމަށެވެ.

އެ އެވޯޑު ލިބުމާ ގުޅިގެން ދިރާގުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިސްމާއިލް ރަޝީދު ވިދާޅުވީ އޫކްލާ ފަދަ ބައިނަލްއަގުވާމީ މިނިވަން މުއައްސަސާއަކުން މި ޝަރަފުވެރި އެވޯޑް ލިބުމަކީ ދިރާގަށް ލިބުނު ވަރަށް ބޮޑު ޝަރަފެއްކަމަށާއި ދިރާގުގެ ކަސްޓަމަރުންނަށް ލިބުނު އިތުރު ހިތްހަމަޖެހުމެއް ކަމަށެވެ. އަދި މިއީ ދިރާގުގެ ހިދުމަތްތައް އެންމެ މަތީ ފެންވަރުގައި ބެހެއްޓުމަށް ކުންފުނީގެ މުވައްޒަފުން ކުރަމުންދާ ބުރަ މަސައްކަތުގެ ނަތީޖާކަން ފާހަގަކުރައްވައި ޝުކުރުދެންނެވިއެވެ.

ހަމައެއާއެކު، ދިރާގުގެ ކަސްޓަމަރުން އެކުންފުންޏަށް ކުރާ އިތުބާރަށާއި ދިރާގުގެ ހިދުމަތްތަކަށްދޭ ތަރުހީބަށް ރަޝީދު ޝުކުރުދެންނެވިއެވެ.

މީގެ އިތުރުން ދިރާގުން ނެރުނު ބަޔާނެއްގައި ވަނީ، ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށަކަށާއި ރިސޯޓުތައް އަދި ސިނާއީ މަސައްކަތްކުރާ ހުރިހާ ހިސާބުތަކަކަށް އެ ކުންފުނިން 100 ޕަސެންޓަށް 3ޖީ އަދި 4ޖީ މޮބައިލް ކަވަރޭޖް ފޯރުކޮށްދީފައިވާ ކަމަށް ބުނެފައެވެ.

ހަމައެއާއެކު، އޫކްލާގެ އެވޯޑަކީ ދިރާގުން ރައްޖޭގައި ދިރިއުޅޭ ރައްޔިތުންގެ ޑިޖިޓަލް ތަޖުރިބާ އިތުރަށް ފުރިހަމަކޮށް "ޑިޖިޓަލް ރާއްޖެ"އަކަށް ތައްޔާރުވުމަށް ހިތްވަރުދީ ބާރުވެރިކުރުމަށް ކުރެވޭ ގައުމީ މަސައްކަތުގެ ހެއްކެއް ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355