twitterviber whatsapp telegramfacebookyoutube instagram
10th May 2024

ޓީސީން އަތުން މޮޅުވެ އެއްވަނައިގައި ޔޫވީ ސެމީއަށް!

މުޙައްމަދު އަހުމަދު
Feb 4, 2022

އެފްއޭއެމް 19 އަހަރުން ދަށުގެ ޔޫތު ޗެމްޕިއަންޝިޕްގައި އިއްޔެ ހަވީރު ޓީސީ ސްޕޯޓްސް ކުލަބު 2 - 0 ން ބަލިކޮށް ގްރޫޕްގެ އެއްވަނައިގެ ގޮތުގައި ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) މުބާރާތުގެ ސެމީ ފައިނަލަށް ދަތުރުކޮށްފި އެވެ.

މިމެޗުން މޮޅުވެގެން ޓީސީއަށް ގްރޫޕްގެ އެއްވަނައިގައި ސެމީއަށް ދެވެން އޮތްއިރު ޔޫވީއަށް މިމެޗު އެއްވަރުކޮށްލައިގެން ވެސް ސެމީގެ ޖާގައެއް ލިބުނީހެވެ. އެހެންނަމަވެސް ޔޫވީން މިވަނީ ޓީސީ ބަލިކޮށް ގްރޫޕް ބީގެ އެއްވަނައިގެ ގޮތުގައި ސެމީއަށް ދަތުރުކޮށްފަ އެވެ.

ގްރޫޕް ބީގައި ޔޫވީއަށް ތިން މެޗުން ހަތް ޕޮއިންޓް ލިބުނުއިރު ދެވަނައަށް ދިޔަ ޓީސީ އަށް ތިން މެޗުން ލިބިފައިވަނީ ހަ ޕޮއިންޓެވެ. އެއް ޕޮއިންޓާއެކު މަހިބަދޫ ސްޕޯޓްސް ކްލަބު ތިންވަނައިގައި އޮތްއިރު ފުލުގައި އޮތް ވެލެންސިއާއަށް އަދި ޕޮއިންޓެއް ނުލިބެ އެވެ.

ޔުނައިޓެޑް ވިކްޓްރީން މެޗުގައި ލީޑުނެގީ ޓީސީއަށް ހެދުނު ގޯހެއްގެ ތެރެއިންނެވެ. ފުރުސަތުގެ ބޭނުން ހިފާ ޔުނައިޓެޑް ވިކްޓްރީގެ އަބްދުލް ރަހުމާން ތިބްޔާން އަލީ ސައީދު ވަނީ ޔޫވީއަށް ލަނޑެއް ޖަހައިދީ މެޗުގައި އެޓީމަށް ލީޑު ނަގައިދީފަ އެވެ.

ޔޫވީގެ ދެވަނަ ގޯލު ކާމިޔާބުކުރީ ފުރަތަމަ ގޯލު ޖަހައިދިން ތިބްޔާންގެ އެސިސްޓަކުން މެޗުގެ 60 ވަނަ މިނެޓްގައި އެޓީމުގެ އަލީ މީސާގް އީސާ އެވެ.

މުބާރާތުގެ ގްރޫޕް ސްޓޭޖްގެ ފަހު މެޗުތައް މާދަމާ ކުޅެވޭއިރު ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ގްރީން ސްޓްރީޓްސްއާ އީގަލްސް އެވެ. އަދި ދެވަނަ މެޗުގައި ދަ ގްރާންޑޭއިން ނުކުންނާނީ ސަސްއާ ދެކޮޅަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355