twitterviber whatsapp telegramfacebookyoutube instagram
28th April 2024

"އޯޝަން 6/50"ގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު

Feb 6, 2022

ރާއްޖޭގެ ފަތުރުވެރިކަމުގެ ރަންޔޫބީލް ފާހަގަކުރުމަށް ހިންގާ ހަރަކާތްތަކުގެ ތެރެއިން "އޯޝަން 6/50"ގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު ހަމަޖައްސައިފިއެވެ.

މިއީ ޔުނިކްސް ސްޕޯޓިންއާއި ތަޖުރިބާކާރު ޑައިވަރު ޝަފްރާޒް ނައީމް ގުޅިގެން ބާއްވާ 50 ގަޑިއިރުގެ ޑައިވިން ހަރަކާތެކެވެ.

މި ޑައިވް ކުރިއަށް ދާނީ މިމަހުގެ 25ން 27އަށެވެ. މި މުއްދަތުގައި ހަރަކާތުގައި ބައިވެރިވާ ޑައިވަރުން ޝަފްރާޒާ ބައްދަލުކޮށް، ތިމާވެށި ރައްކާތެރި ކުރުމާ ބެހޭ ވައުދެއްގައި ސޮއި ކުރާނެއެވެ.

މި ހަރަކާތް ކުރިއަށްދާ 50 ގަޑިއިރު ޝަފްރާޒް ހޭދަކުރާނީ ކަނޑު އަޑީގައެވެ. މިއީ މިފަދަ ހަރަކާތެއް ދެކުނު އޭޝިއާ ސަރަހައްދުގައި ބޭއްވޭ ފުރަތަމަ ފަހަރެވެ. އެހެން ކަމުން މި ހަރަކާތް ވެގެންދާނީ ސަރަހައްދީ ރެކޯޑަކަށެވެ.

މި ހަރަކާތުގެ މަގުސަދަކީ ރާއްޖޭގައާއި، ބައިނަލްއަގުވާމީ މައިދާނުގައި ހަރަކާތްތެރިވާ ޑައިވަރުންނާއި، މެރިން ރިސާޗަރުން އަދި ތިމާވެށީގެ އެކްޓިވިސްޓުން އެއްތަންކޮށް، ތިމާވެއްޓާ ގުޅޭ މައްސަލަތަކާމެދު ހޭލުންތެރިކަން އިތުރުކުރުމެވެ.

ދިރާގުން ބުނީ ތިމާވެއްޓާއި ކަނޑުފަޅުތަކާ ގުޅޭ ކަންކަމަކީ އެ ކުންފުނީގެ ސީއެސްއާރު ހަރަކާތްތައް އަމާޒުކުރެވިފައިވާ އެއް ދާއިރާ ކަމަށެވެ. އެގޮތުން އދ.ގެ ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތަކުގެ ތެރެއިން "ފެނުއަޑީގެ ދިރުން" ގެ ދަށުން ހިމެނޭ ކަންކަން ފުރިހަމަކުރުމަށް 2016ވަނަ އަހަރުން ފެށިގެން އެ ކުންފުނިން އެހީވަމުން އަންނަކަން ފާހަގަކުރެވެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355