twitterviber whatsapp telegramfacebookyoutube instagram
9th February 2026

ކޮމަންޑޫ ދާއިރާއަށް އަލަށް އިންތިޚާބުކުރި މެންބަރު ހުވާ ކުރުން މާދަމާ

ޚަދީޖާ އާދަމް
Feb 8, 2022

ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަން ކާމިޔާބު ކުރެއްވި އެމްޑީޕީގެ ކެންޑިޑޭޓް، މުހައްމަދު ރާޝިދު މެންބަރު ކަމުގެ ހުވާ ކުރުން މާދަމާ ބާއްވަން ނިންމައިފިއެވެ.

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި ރާޝިދު ކާމިޔާބު ކުރެއްވީ 1،441 ވޯޓުންނެވެ. މަޖިލީހުގެ އިދާރާއިން ބުނީ ރާޝިދު މެންބަރު ކަމުގެ ހުވާ ކުރުން އޮންނާނީ މާދަމާ ހެނދުނު 8:30ގައި ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ބާއްވާ ރަސްމިއްޔާތެއްގައި ކަމަށެވެ.

ކޮމަންޑޫ ދާއިރާގެ ގޮނޑި ހުސްވީ މަޖިލީހުގައި އެ ދާއިރާ ތަމްސީލު ކުރައްވަމުން ގެންދެވި އެމްޑީޕީގެ މެންބަރު ހުސައިން ވަހީދު އަވަހާރަވުމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355