twitterviber whatsapp telegramfacebookyoutube instagram
29th March 2024

ކުޅުދުއްފުށީގެ ކަރަންޓްގެ ހާލަތު ރަނގަޅުކުރުމަށް އިތުރު ޖަނަރޭޓަރެއް ގެނެސްފި

އަބްދުލް ވާހިދު ޙަސަން
Feb 10, 2022

ކުޅުދުއްފުށި ސިޓީގެ ކަރަންޓް ހާލަތު ރަނގަޅުކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން 1.2 މެގަވޯޓްގެ ޖެން ސެޓެއް ކުޅުދުއްފުއްޓަށް ގެނެސްފި އެވެ. މިދިޔަ އަހަރުވެސް ފެނަކައިން ވަނީ ކުޅުދުއްފުއްޓަށް 1.2 މެޖަވޯޓްގެ ޖެން ސެޓެއް ގެނެސްފަ އެވެ.

ފެނަކަ ކޯޕަރޭޝަނުން ބުނީ މި ޖެން ސެޓް ރަށަށް ބަލާއި އިންސްޓޯލްކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. ފެނަކަ އިން އަންނަނީ ކުޅުދުއްފުށީގެ ކަރަންޓް ހާލަތު ރަނގަޅުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

އެގޮތުން އިންޖީނުގޭގައި ދެ ބެޑް ހިމެނޭގޮތަށް އިމާރާތެއްވެސް ހަދާފައިވެ އެވެ. އަދި އެއް ސަބްސްޓޭޝަން އިމާރާތް ނިންމާލާފައިވާއިރު ވޯލްޓޭޖް ޑްރޮޕްވާ ސަރަހައްދުތަކުގައި ހާލަތު ރަނގަޅުކުރުމަށްވެސް ގިނަ މަސައްކަތްތަކެއްކޮށްފައިވެ އެވެ.

އަދި އިންޖީނުގެ ގޯތި ތެރޭގައި ސްޓެޕްއަޕް ޓްރާންސްފޯމަރެއް ބަހައްޓާފައިވާއިރު ޑިސްޓްރިބިއުޝަން ނެޓްވޯކްގައި ބޭނުންކުރަމުން އަންނަ ކޭބަލްތަކުގެ ތެރެއިން މިހާރަށް އެކަށީގެންނުވާ ސައިޒުގެ ކޭބަލް ހުރި ތަންތަނުގެ ކޭބަލް ބަދަލުކުރުމަށް ނެޓްވޯކް އިތުރަށް ފުޅާކުރުމުގެ ގޮތުން އެލްވީ ކޭބަލް ވަޅުލި އެވެ.

ޑިސްޓްރިބިއުޝަން ވިއުގަ އަޕްގުރޭޑްކުރުމަށް 500 ކިލޯވޯޓްގެ ސްޓެޕްޑައުން ޓްރާންސްފޯމަރަކާއި 2000 ކިލޯވޯޓްގެ ސްޓެޕްޑައުން ޓްރާސްފޯމަރެއް ބަހައްޓާ އިންސްޓޯލްވެސް މިދައުރުގައި ކޮށްފައިވެ އެވެ.

މީގެ އިތުރުން ރަށުގެ ވޯލްޓޭޖް ޑްރޮޕްވާ ސަރަހައްދުތަކުގެ ނެޓްވޯކް ރަނގަޅުކުރުމާއި އެޗްވީ ނެޓްވޯކް ރަނގަޅުކުރުމަށްޓަކައި އެޗްވީ 70 ސްކޮޔަރ މިލިމީޓަރުގެ ކޭބަލްވެސް ވަޅުލި އެވެ.

ފެނަކަ އިން ކުޅުދުއްފުށިގައި ކުރިއަށްގެންދާ އިތުރު މަސައްކަތްތަކަށް ބަލާލާއިރު ޑިސްޓްރިބިއުޝަން ނެޓްވޯކުގެ ވޯލްޓޭޖް ރަނގަޅުކުރުމަށް އިތުރު ސަބްސްޓޭޝަނެއް އިމާރާތްކޮށް ހައިވޯލްޓޭޖް ނެޓްވޯކް ފުޅާކޮށްފައިވެ އެވެ.

މީގެ އިތުރުން ޑިސްޓްރިބިއުޝަން ނެޓްވޯކްގައި ކުރިން ހުރި ފޮށިތަކުގައި ތެރެއިން ހަލާކުވެފައިބާ ފޮށިތަކާއި ސައިޒްކުޑަވުމުގެ ސަބަބުން ބޭނުން ނުކުރެވޭ ފޮށިތައް ބަދަލުކުރުމުގެ މަސައްކަތްތައްވެސް ކުރިއަށްގެންދިޔަ އެވެ. އެގޮތުން މި ޕްރޮޖެކްޓްގެ ފުރަތަމަ މަރުހަލާގައި 64 ފޮއްޓެއް ބަދަލުކޮށްފައިވެ އެވެ.

ފެނަކަ އިން މިހާރުވެސް އަންނަނީ ކުޅުދުއްފުށީގައި އާ ޕްރީފެބްރިކޭޓެޑް އިންޖީނުގެ އެޅުމުގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން އެ މަސައްކަތް ކުރުމަށް ބަޔަކާ މިއަހަރުގެ މާރޗުމަހު ވަނީ ހަވާލުކުރެވިފައި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355