twitterviber whatsapp telegramfacebookyoutube instagram
20th August 2026

ޖާބިރު ހައްޔަރު ކުރަން އަމުރުކޮށްފި

Feb 13, 2022

ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ހައްޔަރު ކޮށްގެން ކޯޓަށް ހާޒިރުކުރަން އަމުރުކޮށްފި އެވެ.

ސިވިލް ކޯޓަށް ޖާބިރު ހާޒިރުކުރަނީ މާދަމާ ހެނދުނު 11:45 ގައެވެ. ޖާބިރު ކޯޓަށް ހާޒިރު ކުރަނީ ޑީއާރުޕީން އެމްޓީސީސީ އަށް ދައްކަންޖެހޭ ފައިސާގެ މައްސަލަތަކެއްގަ އެވެ.

ޑީއާރުޕީން 2007 ވަނަ އަހަރާއި 2009 ވަނަ އަހަރާ ދެމެދު އެމްޓީސީސީން ހޯދި ޚިދުމަތްތަކަށް 1.1 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައްކަން ސިވިލް ކޯޓާއި ހައި ކޯޓުން އޮތީ ހުކުމްކޮށްފަ އެވެ. އަދި އެ މައްސަލަ އިސްތިއުނާފް ކުރުމުގެ ހުއްދަ ނުދޭން ސުޕްރީމް ކޯޓުން އޮތީ ނިންމައިފަ އެވެ.

ސިވިލް ކޯޓުން މިއަދު ބުނީ، ޖާބިރު ފުލުހުންގެ ބަންދުގައި ބަހައްޓައިގެން މާދަމާ ކޯޓަށް ހާޒިރުކުރަން އެންގީ އެމްޓީސީސީން ޑީއާރުޕީގެ މައްްޗަށް ދައުވާކުރާ މައްސަލައިގަ އެވެ.

މީގެ ކުރިން ވެސް އަތޮޅުތެރޭގައި ހުންނަވަނިކޮށް ކޯޓަށް ހާޒިރު ކުރުމަށްޓަކައި ފުލުހުން ވަނީ އޭނާ ހައްޔަރު ކޮށްފައެވެ.

ސިވިލް ކޯޓުން ނެރުނު އަމުރަކާ ގުޅިގެން މިދިޔަ ޑިސެމްބަރު މަހުގެ ފަހު ހަފްތާގެ ތެރޭގައި ވެސް ޖާބިރު ހައްޔަރުކޮށްގެން ކޯޓަށް ހާޒިރު ކޮށްފައިވެ އެވެ. އެ ފަހަރު ޖާބިރު ކޯޓަށް ހާޒިރުކުރީ އޭނާގެ މުވައްޒަފަކަށް ދޭން ޖެހޭ ފައިސާއެއް ނުދީ އޮތް ކަމަށް ބުނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355