twitterviber whatsapp telegramfacebookyoutube instagram
20th August 2026

ޕެސްޓިސައިޑުން ތަޣައްޔަރު ވެފައިވާތީ، "ސްޓާސް"ގެ ސްޕްރިންގް އަނިއަން ވިއްކުން މަނާކޮށްފި

ނަބީލާ އިސްމާޢީލް
Feb 14, 2022

ރާއްޖެ އެތެރެކޮށް ވިއްކާ، "ސްޓާސް" ބްރޭންޑުގެ ތަރުކާރީގެ ބާވަތްތަކުގެ ތެރެއިން ސްޕްރިންގް އަނިއަންސް ޕެސްޓިސައިޑުން ތަޣައްޔަރު ވެފައިވާކަމަށް މައުލޫމާތު ލިބިފައިވާތީ އެބާވަތް ވިއްކުން ހުއްޓާލުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީއިން އަންގައިފިއެވެ.

އެ އޮތޯރިޓީން ނެރުނު ބަޔާނެއްގައި ވަނީ ތަޣައްޔަރު ވެފައިވާ ތަރުކާރީ ރާއްޖެއަށް އެތެރެވެފައިވާކަން ޔޫރަޕުގެ ރެޕިޑް އެލާޓް ސިސްޓަމް ފޯ ފުޑް އެންޑް ފީޑުން ކަށަވަރުވެފައިވާ ކަމަށެވެ.

އެހެންކަމުން ވަކި ގޮތެއް އަންގަންދެން އެ އުފެއްދުން ނުވިއްކުމަށާއި، ބޭނުން ނުކުރުމަށް އެ އޮތޯރިޓީންވަނީ އަންގާފައެވެ.

އަދި އެ އިދާރާއިން ބުނީ މި އުފެއްދުމުގެ ސަބަބުން ކާބޯތަކެތީގެ ރައްކާތެރިކަމަށް އޮތް ހިރާސް ދެނެގަތުމުގެ މަސައްކަތް މިހާރު ކުރަމުންދާކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355