twitterviber whatsapp telegramfacebookyoutube instagram
25th March 2026

އިންޑިއާއިން ސެނަހިޔާ ހޮސްޕިޓަލަށް މެޑިކަލް ސާމާނު ހަދިޔާކޮށްފި

Feb 14, 2022

އިންޑިއާ ސަރުކާރުން ސިފައިންގެ ސެނަހިޔަ މިލިޓަރީ ހޮސްޕިޓަލަށް މެޑިކަލް އިކްއިޕްމަންޓްތަކެއް ހަދިޔާ ކޮށްފި އެވެ.

ބަންޑާރަކޮށީގައި މިއަދު މެންދުރުފަހު ބޭއްވި ރަސްމިއްޔާތުގައި އިންޑިއާ ސަރުކާރުން ހަދިޔާކުރި މި އިކްއިޕްމަންޓްތަކާ ހަވާލުވެވަޑައިގަތީ ޑިފެންސް މިނިސްޓަރ މާރިޔާ އަޙްމަދު ދީދީއެވެ. އިންޑިއާ ސަރުކާރުގެ ފަރާތުން މި ތަކެތި ހަވާލުކުރެއްވީ މިހާރު ރާއްޖެ ވަޑައިގެން އުޅުއްވާ އިންޑިއާގެ ޑިފެންސް ސެކްރެޓަރީ ހިޒް އެކްސެލެންސީ އަޖޭ ކުމާރެވެ.

އިންޑިއާ ސަރުކާރުގެ ފަރާތުން މިއަދު ހަދިޔާކުރީ 2800 ކިލޯ ގްރާމް ގެ މެޑިކަލް އިކްއިޕްމަންޓްގެ ތެރޭގައި ހިމެނެނީ ސިއްހީ އިމަޖެންސީގައި ބޭނުންކުރާ ބައެއް އާލާތްތަކާއި ހޮސްޕިޓަލުގައި ބޭނުންކުރާ ބައެއް އާލާތްތަކެވެ.

އިންޑިއާ ސަރުކާރުން ސެނަހިޔަ މިލިޓަރީ ހޮސްޕިޓަލަށް މެޑިކަލް އިކްއިޕްމަންޓްތަކެއް ހަދިޔާ ކުރުމަށް ބޭއްވި މި ރަސްމިއްޔާތުގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލާއި މިނިސްޓަރު އޮފް ސްޓޭޓް ފޯ ފޮރިން އެފެއާޒް އަހްމަދު ހަލީލް އާއި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއާ ޖެނެރަލް އަބްދުއްރަހީމް އަބްދުއްލަތީފް އާއި އެމްއެންޑީއެފްގެ ޖެނެރަލް އޮފިސަރުންނާއި މިހާރު ރާއްޖެ ވަޑައިގެން އުޅުއްވާ އިންޑިއާ އަސްކަރިއްޔާގެ އިސް ވަފުދުގެ ބޭފުޅުންނާއި އަދި ފޮރިން މިނިސްޓްރީގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355