twitterviber whatsapp telegramfacebookyoutube instagram
21st September 2026

ހއ. އަތޮޅަށް އަމާޒުކޮށްގެން "ސްޓާރޓްއަޕް ވޯރކްޝޮޕް"އެއް

ޚަދީޖާ އާދަމް
Feb 15, 2022

ލޭންޑްސީ މޯލްޑިވްސްއާއި ދިއްދޫ ކުރިމަގު ޖަމިއްޔާ ގުޅިގެން ވިޔަފާރި ފެށުމާއި ވިޔަފާރި ކުރިއެރުވުމާ ގުޅޭގޮތުން މައުލޫމާތު ދިނުމަށް ހއ އަތޮޅަށް އަމާޒުކޮށްގެން "ސްޓާރޓްއަޕް ވޯރކްޝޮޕް"ގެ ނަމުގައި ވޯރކްޝޮޕެއް ބޭއްވުމަށް ހަމަޖެހިއްޖެއެވެ.

މިއީ އަތޮޅުން ޒުވާން ވިޔަފާރިވެރިންނާއި އަންހެން ވިޔަފާރިވެރިން އުފެއްދުމާއި ރަށުން ވިޔަފާރި ކުރިއަރުވަން އެހީވެވޭނެ ގޮތްތައް ހޯދުމުގެ މަގުސަދުގައި ކުރިއަށް ގެންދެވޭ ވޯރކްޝޮޕެކެވެ.

މިއީ އޮންލައިންކޮން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ވޯރކްޝޮޕެކެވެ. ވޯކްޝޮޕް ކުރިއަށް ދާނީ ފެބުރުއަރީ މަހުގެ 16ވަނަ ދުވަހުން ފެށިގެން 19ވަނަ ދުވަހުގެ ނިޔަލަށެވެ.

މި ވޯރކްޝޮޕްގައި ތަފާތު ބައިތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވެއެވެ. އޭގެތެރޭގައި ވިޔަފާރި ފެށުމާއި ވިޔަފާރި ކުރިއެރުވުމާއި ގުޅޭގޮތުން މައުލޫމާތު ހިއްސާކުރުމާއި, އަމަލީގޮތުން މަސައްކަތް ކުރުވުން ހިމެނެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293