twitterviber whatsapp telegramfacebookyoutube instagram
16th June 2026

ބާސްކެޓްބޯލް އެސޯސިއޭޝަންގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު

Feb 16, 2022

މޯލްޑިވްސް ބާސްކެޓް ބޯލް އެސޯސިއޭޝަން (އެމްބީއޭ) ގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު ކަނޑައަޅައިފި އެވެ.

މިއަދު ދިރާގުގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ކުންފުނީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ސީނިއާ މެނޭޖަރު މުހައްމަދު މިރްޝާން ހަސަން އެވެ. އަދި އެމްބީއޭގެ ފަރާތުން ސޮއި ކުރެއްވީ އެ އެސޯސިއޭޝަންގެ ރައީސް އަހުމަދު އާދަމް އެވެ.

އެ ރަސްމިއްޔާތުގައި ދިރާގުގެ ސީނިއާ މެނޭޖަރު މުހައްމަދު މިރްޝާން ހަސަން ވިދާޅުވީ ބާސްކެޓަކީ ގިނަ ޒުވާނުންގެ ތެރޭގައި މަގްބޫލްވެފައިވާ ކުޅިވަރަށްވެފައިވާ ކަމަށެވެ. އަދި ދިރާގުން ބާސްކެޓް ކުރިއެރުވުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.

އެމްބީއޭގެ ރައީސް އަހުމަދު އާދަމް ވިދާޅުވީ ބާސްކެޓް ބޯޅަ ކުރިއަރުވަން ދިރާގުން މަސައްކަތް ކުރާ ކަމަށެވެ. އަދި އެ ކުންފުނިން އަބަދުވެސް އެހީ ދިނުމުގައި ދެމިހުރިކަން ފާހަގަކުރައްވަމުން ވަނީ ދިރާގަށް ޝުކުރު އަދާކުރައްވާފަ އެވެ.

މިއަދު ސޮއިކުރި އެއްބަސްވުމުގެ ދަށުން ބާސްކެޓް ބޯޅައިން ގިނަ ޒުވާނުން ނެރުމުގެ މަސައްކަތް ކުރާނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355