twitterviber whatsapp telegramfacebookyoutube instagram
8th May 2025

ފަތުރުވެރިކަމުގެ ރަންޔޫބިލް ސްޓޭމްޕް ތައާރަފްކޮށްފި

Feb 16, 2022

ރާއްޖޭގެ ފަތުރުވެރިކަމުގެ ރަން ޔޫބީލްއާ ގުޅުވައިގެން ޓޫރިޒަމް މިނިސްޓްރީއާއި މޯލްޑިވްސް ޕޯސްޓް ލިމިޓެޑް ގުޅިގެން ސްޓޭމްޕެއް ތައާރަފްކޮށްފިއެވެ.

މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ސްޓޭމްޕް ތައާރަފްކޮށްދެއްވީ ރާއްޖޭގެ ފުރަތަމަ ޓޫރިޒަމް މިނިސްޓަރު އަހްމަދު މުޖުތަބާ އާއި، ރާއްޖެއަށް ފަތުރުވެރިކަން ތައާރަފްކޮށްދެއްވި ޔުނިވާސަލް ގުރޫޕްގެ ޗެއާމަން މުހައްމަދު އުމަރު މަނިކާއި، ޗަމްޕާ ގުރޫޕްގެ އެއް ހިއްސާދާރު ހުސައިން އަފީފާއި، މިހާރުގެ ހެލްތު މިނިސްޓަރު އަހްމަދު ނަސީމާއި، ޖޯޖް ކޯބިން އެވެ.

ރާއްޖޭގެ ފަތުރުވެރިކަމުގެ ތާރީޙު ދައްކުވައިދޭ ސްޓޭމްޕްތައް ނެރުމުގެ ރަސްމީއްޔާތުގައި ތެރެއިން މި ބޭފުޅުން ވަނީ ސްޓޭމް ކަލެކްޝަން އިޝޫގައި ސޮއިކޮށްދެއްވާފައެވެ.

ޓޫރިޒަމް މިނިސްޓަރު އަބްދުﷲ މައުސޫމް ވިދާޅުވީ ސްޓޭމްޕް ތައާރަފް ކުރެވިގެން މިދިޔައީ ވެސް ފަތުވެރިކަމުގެ ހާއްސަ ދުވަހެއްގައި ކަމަށެވެ. އެގޮތުން މިއަދަކީ ރާއްޖެއަށް ފަތުރުވެރިންގެ ފުރަތަމަ ގުރޫޕް އައި ދުވަސް ކަމުގައި ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ރަންޔޫބިލްގެ އަހަރު ފާހަގަކުރުމަށް ގިނަ ހަރަކާތްތަކެއް ރާވާފައިވާ ކަމަށެވެ. އަދި ފަހަރު ހަރަކާތެއް ކުލަގަދަ ގޮތެއްގައި ކުރިއަށް ގެންދާނެ ކަމުގައި ވިދާޅުވި އެވެ.

ރާއްޖޭގައި ފުރަތަމަ ފަހަރަށް ރިސޯޓެއް ހުޅުވީ އޮކްޓޫބަރު 3، 1972 ގައި ވިހަމަނާފުށީގަ އެވެ. މިހާރުގެ ގޮތުންނަމަ އެއީ ކުރުނބާ މޯލްޑިވްސް އެވެ.

ނަން
ކޮމެންޓް
Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355
mail@kulhudhuffushi.com