އިނގިރޭސި ޕްރިމިއާ ލީގުގެ ފޯރިގަދަ މެޗުތެއް ދިރާގު ޓީވީން ބަލާލެވޭ ގޮތްވެއްޖެއެވެ.
ދިރާގުން ބުނީ ދިރާގު ޓީވީ ކަސްޓަމަރުންނަށް ޕްރިމިއާ ލީގުގެ މެޗުތައް ފެންނާނީ ނިއޯޓީވީ (ޗެނަލް 6) އިން ކަމަށެވެ. ދިރާގު ކަސްޓަމަރުންނަށް ޕްރިމިއަ ލީގުގެ ފޯރިގަދަ މެޗުތައް އެޗްޑީ ކޮލިޓީ އަދި އެންމެ ހެޔޮ އަގުގައި ބަލާލެވޭނެ ކަމަށާއި ނިއޯ ޓީވީ ޗެނަލް ދިރާގު ޓީވީ އަދި ދިރާގު ޕްލޭގެ ހުރިހާ ޕެކޭޖްތަކެއްގައި ހިމަނާފައިވާ ކަމަށް ވެސް ދިރާގުން ބުންޏެވެ.
ދިރާގު ޓީވީގެ މެނޭޖަރު ޒިހާރު ޒަރީރު ވިދާޅުވި ގޮތުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ފުޓުބޯޅަ އަށް ފޯރިހުންނަ ފަރާތް މި ހަބަރު ހިއްސާ ކުރަން ބޭނުން ވަނީ އުފަލާއެކު ކަމަށެވެ. އަދި ފާއިތުވެދިޔަ ދުވަސްތަކުގައި ދިރާގު ޓީވީ އަށް ކަސްޓަމަރުން ކުރި އިތުބާރާއި ދެއްވި ތަރުހީބަށް ޝުކުރު ދެންނެވިއެވެ.
ޒިހާރު ވިދާޅުވީ ކުރިއަށް އޮތް ތަނުގައި ވެސް މަސައްކަތް ކުރަމުން ދާނީ ކުޅިވަރުގެ އެންމެ މަގުބޫލް ކޮންޓެންޓް ދިރާގު ޓީވީ ކަސްޓަމަރުންނަށް ފޯރުކޮށްދިނުމަށެވެ.
ނިއޯ ޓިވީގެ ސީނިއާ އެގްޒެކެޓިވް، އިބްރާހިމް އަލީ ފާހަގަކުރެއްވި ގޮތުގައި ރާއްޖޭގައި އެންމެ ފުޅާދާއިރާއަކަށް އައިޕީ ޓީވީ ހިދުމަތް ފޯރުކޮށްދެމުންދާ ދިރާގު ޓީވީ މެދުވެރިކޮށް އެންމެ ފޯރިގަދަ ޕްރިމިއަރ ލީގް މެޗުތައް ލައިވްކޮށް ރާއްޖޭގައި ދިރިއުޅޭ ފުޓުބޯޅަ ފޭނުންނަށް ގެނެސްދެވުމަކީ އުފާކުރާކަމެއްކަމުގައެވެ. ކުރިއަށް އޮތް ތަނުގައި ވެސް މަސައްކަތްކުރަމުން ދާނީ ދިރާގު ޓިވީ މެދުވެރިކޮށް ތަފާތުގިނަ ކޮންޓެންޓް އެންމެ ހައި ކޮލިޓީގައި ގެނެސްދިނުމަށް ކަމަށް އޭނާ ވިދާޅުވިއެވެ.
އެންމެ މަގުބޫލު ޓީވީ ޗެނަލްތައް އަދި މުނިފޫހިފިލުވުމުގެ ކޮންޓެންޓް އެއް ޕްލެޓްފޯމެއްގެ ދަށުން ބަލާލެވޭ ދިރާގު ޓީވީ އަށް ސަބްސްކްރައިބް ކޮށްލުމަށް މިއީ ރަނުގެ ފުރުސަތެކެވެ. އެގޮތުން 100 އަށް ވުރެ ގިނަ ޗެނަލް ހިމެނޭ ދިރާގު ޓީވީ އަކީ ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި ފޯރުކޮށްދޭ އައިޕީޓީވީގެ ޚިދުމަތެވެ.
ދިރާގު ޓީވީގައި ހިމެނޭ ޗެނަލްތަކުގެ ތެރޭގައި ސޮނީގެ އެންޓަޓެއިންމަންޓް އަދި ސްޕޯރޓްސް ޗެނަލްތައް، ކުޑަކުދިންގެ މެދުގައި އެންމެ މަޝްހޫރު ޑިޒްނީ ޗެނަލްތައް، ލައިފްސްޓައިލް ޗެނަލްތަކުގެ ތެރޭގައިފުޑް ނެޓްވޯރކް، ސްޓަރ ގެ ޗެނަލްތައް، ރާއްޖެއާއި ބޭރު ދުނިޔޭގެ ހަބަރު ޗެނަލްތައް އަދި އަލް ޤްރުއާން އަލް ކަރީމް ފަދަ ދީނީ ޗެނަލްތައް ހިމެނެއެވެ. ކޮލިޓީ އަދި އަގުގައި އެއްވެސް ތަފާތު ކުރުމެއްނެތި ދިރާގުން ވަނީ ރާއްޖޭގެ %82 ގޭބިސީއަށް މިހާރު ދިރާގުޓީވީ ޚިދުމަތް ވަނީ ފޯރުކޮށްދީފައިއެވެ.