twitterviber whatsapp telegramfacebookyoutube instagram
14th April 2025
އެކި މައްސަލަތަކުގައި ފުލުހުން އަތުލައިގަނެފައިހުރި ބަނގުރާތަކެއް ނައްތާލަނީ--ކޭއޯފޮޓޯ

ބަނގުރާފުޅިތަކަކާއެކު ދެ ޒުވާނަކު ހައްޔަރުކޮށްފި

އަބްދުލް ވާހިދު ޙަސަން
Feb 18, 2022
1

ބަނގުރާފުޅިތަކަކާއެކު ދެ ޒުވާނުން ކުޅުދުއްފުށިން ހައްޔަރުކޮށްފި އެވެ. ފުލުހުން މިއަދު ހިންގި މި އޮޕަރޭޝަނުންގައި ދެ ދިވެހި ފިރިހެނަކާއެކު އަތުލައިގަނެފައިވަނީ ތިން ބަނގުރާފުޅި އެވެ.

ކޭއޯއަށް މައުލޫމާތު ދެމުން ފުލުހުންގެ މީޑީއާ އޮފިޝަލަކު ވިދާޅުވީ، މާލޭން ކުޅުދުއްފުއްޓަށް އަންނަ ބޯޓަކުން މަސްތުވާތަކެތި ގެންނަކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ 24 އަހަރާއި 22 އަހަރުގެ ދިވެހި ދެ ފިރިހެނުން ކަމަށެވެ.

މިކަމާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ނުދެ އެވެ. ފުލުހުން ބުނީ މިމައްސަލަ އިތުރަށް ތަހްގީގުކުރަމުންދާ ކަމަށެވެ.

ފަހަކަށް އައިސް މަސްތުވާތަކެތި ވިޔަފާރި އަތޮޅުތެރޭގައި ފުޅާވެފައިވާއިރު އެ މައްސަލަ ހައްލުކުރަން ފުލުހުންނަށްވެސް ބޮޑެތި ދަތިތަކެއް ވަނީ ކުރިމަތިވެފަ އެވެ.

ނަން
ކޮމެންޓް
Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355
mail@kulhudhuffushi.com