twitterviber whatsapp telegramfacebookyoutube instagram
12th August 2026

ހދ އަތޮޅު ތައުލީމީ މަރުކަޒަށް އާ ޕްރިންސިޕަލެއް

އަބްދުލް ވާހިދު ޙަސަން
Feb 18, 2022

ވެރިޔަކު ނެތި ގިނަ ދުވަސްތަކެއްވުމަށްފަހު، ކުޅުދުއްފުށީގައި ހުންނަ ހދ އަތޮޅު ތައުލީމީ މަރުކަޒަކަށް ޕްރިންސިޕަލަކު ހަމަޖައްސަވައިފި އެވެ.

އަތޮޅުތެރޭގެ އެންމެ އާބާދީ ބޮޑު އެއް ސްކޫލުގެ ޕްރިންސިޕަލްގެ މަގާމަށް ހަމަޖެއްސެވި، މުހައްމަދު މަތީން، ކުޅުދުއްފުއްޓަށް ވަޑައިގެން ވަޒީފާއަށް ނުކުންނަވަން ފެއްޓެވީ މިދިޔަ ހަފްތާގައި އެވެ.

އެ ސްކޫލަށް ޕްރިންސިޕަލަކު ލިބިފައިމިވަނީ ވެރިޔަކު ނެތިގެން އެކަމުގެ ކަންބޮޑުވުން ބެލެނިވެރިން އުފުލާފައިވަނިކޮށެވެ.

ޕްރިންސިޕަލް މަތީން އެންމެ ފަހުން ހުންނެވީ ށ ފޯކައިދޫ ސްކޫލުގެ ޕްރިންސިޕަލެއްގެ މަގާމުގައި އެވެ. އޭނާ އެ ސްކޫލަށް ހިދުމަތްކުރެއްވި މަދު އަހަރުކޮޅުގައި ބޮޑެތި ކާމިޔާބީތަކެއް ވަނީ ހާސިލްކޮށްފަ އެވެ.

ހދ އަތޮޅު ތައުލީމީ މަރުކަޒަކީ ފައުންޑޭޝަން ގުރޭޑުން ފެށިގެން ގުރޭޑް 10 ކިޔަވައިދޭ ސްކޫލެކެވެ. އެ ސްކޫލުގައި މިއަހަރު 900 އަށްވުރެގިނަ ދަރިވަރުން ދަނީ ތައުލީމް ހާސިލުކުރަމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355