twitterviber whatsapp telegramfacebookyoutube instagram
29th March 2024

ހދ އަތޮޅު ތައުލީމީ މަރުކަޒަށް ޑެޕިއުޓީ ޕްރިންސިޕަލަކު ހޯދަނީ

ޚަދީޖާ އާދަމް
Feb 21, 2022
1

ހދ އަތޮޅު ތައުލީމީ މަރުކަޒަށް ޑެޕިއުޓީ ޕްރިންސިޕަލަކު ހޯދަން އިއުލާން ކޮށްފި އެވެ.

މިއަދު އެސްކޫލުން ކުރި އިއުލާނެއްގައި ވާގޮތުން އެ ސްކޫލަށް ހޯދަން އިއުލާންކޮށްފައިވަނީ ދާއިމީ ޑެޕިއުޓީ ޕްރިންސިޕަލެކެވެ.

މަގާމުގެ މަސްއޫލިއްޔަތުގެ ގޮތުގައި ހިމަނާފައިވަނީ ހަވާލުކުރެވޭ ދަންފަޅީގައި ސްކޫލުގެ ކިޔަވައިދިނުމާބެހޭ އެންމެހައި ކަންތައްތައް ރާވައި ހިންގައި ބެލެހެއްޓުމާއި، ސްކޫލުގެ ދަރިވަރުންގެ ތަޢުލީމާއި ތަރުބިއްޔަތާއި ގުޅޭ އެންމެހައި ކަންތައްތައް ރާވައި ހިންގައި ބެލެހެއްޓުމާއި، ސްކޫލް ހިންގުމުގައި ޕްރިންސިޕަލަށް ބޭނުންވާ އެންމެހައި މަޝްވަރާއާއި ލަފަޔާއި އެއްބާރުލުން ދިނުންމުގެ އިތުރުން ސްކޫލްގެ ފަރާތުން ސްކޫލް ތަމްސީލް ކުރަންޖެހޭ ޖަލްސާތަކަށާއި ބައްދަލުވުންތަކަށް ހާޒިރުވެ، ސްކޫލް ތަމްސީލުކުރުމާއި، ސްކޫލަށް ބޭނުންވާ އެންމެހައި ޕޮލިސީތައް ހެދުމުގައި އިސްކޮށް ހަރަކާތްތެރިވުން ހިމެނެއެވެ.

އަދި ސެޝަން މީޓިންގތައް ބޭއްވުމާއި، ހަވާލުކުރެވޭ ދަންފަޅީގެ ލީޑިންގ ޓީޗަރުން ކޯޑިނޭޓްކޮށް ޤަވައިދުން ހަފްތާއަކު އެއްފަހަރު ރިވިއު މީޓީންގތައް ބޭއްވުމާއި، އައު މަންހަޖު ތަންފީޒު ވަމުންދާވަރު ބަލައި، ދަރިވަރުން ވަޒަން ކުރެވެމުންދަނީ، އޭ.އެފް.އެލްއާ އެއްގޮތަށްތޯ ބަލައި ކަށަވަރުކުރުމާއި ސެޝަންގެ ހުރިހާ ކުލަބުތަކެއް ކޯޑިނޭޓްކޮށް މޮނިޓަރ ކުރުންމުގެ އިތުރުން ދަރިވަރުންނަށް ހާސިލުވާ މިންވަރު ބެލެނިވެރިންނަށް އަންގައިދިނުމުގެ ބައްދަލުވުންތައް ރާވައި ހިންގުންވެސް ހިމެނެއެވެ.

މަގާމަށް އެދުމުގެ ސުންގަޑިއަކީ 28 ފެބުރުއަރީ 2022 (ހޯމަ) ދުވަހުގެ 14:00 އެވެ.

ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected] މެދުވެރިކޮށް ވެސް ބަލައިގަނެވޭނެކަމަށް އިއުލާންގައި ވެއެވެ.

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެ ކަމަށާއި މަގާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އަދި ޕްރެޒެންޓޭޝަން އޮންނާނީ، 1 މާރޗް 2022 އާއި 15 މާރޗް 2022 އާ ދެމެދު، ހދ.އަތޮޅު ތަޢުލީމީ މަރުކަޒުގަކަމަށް އިއުލާނުގައި ވެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355