twitterviber whatsapp telegramfacebookyoutube instagram
30th April 2025

ގެވެށި ގުޅުން ކެންޕޭންގެ މަޖައްލާ ނެރެފި

ޚަދީޖާ އާދަމް
Feb 22, 2022

ގެވެށި ގުޅުން ކެމްޕެއިންގެ ދަށުން ޖެންޑާ މިނިސްޓްރީގެ ފަރާތުން މަޖައްލާއެއް ނެރެފިއެވެ. އެ މަޖައްލާ ނެރެދެއްވީ މެޑަމް ފަޒްނާ އަހްމަދެވެ.

ޖެންޑާ މިނިސްޓްރީން ސާސްތުރައިގެ ނަމުގައި މިއަދު ނެރުނު މަޖައްލާއަކީ 62 ސޮފްހާގެ އެކުލެވޭ މަޖައްލާއެކެވެ. މި މަޖައްލާގައި ގެވެށި އަނިޔާއަށް ހޭލުންތެރިކުރުމަށް ލިޔެފައިވާ އާޓިކަލްތަކުގެ އިތުރުން ގެވެށި ގުޅުން ބަދަހިކުރުމުގެ މުހިންމުކަމާއި، ގެވެށި ގުޅުން ބަދަހިކުރުމަށް ކުރެވޭނެ ކަންކަމާ ގުޅޭ މައުލޫމާތު އެކުލެވޭ އާޓިކަލް ހިމެނިފައިވާނެއެވެ.

މަޖައްލާ ނެރުމަށް މިއަދު ހެނދުނު ސްޓެލްކޯގެ އޮޑިޓޯރިއަމްގައި ބޭއްވި ރަސްމިއްޔާތުގައި ޖެންޑާ މިނިސްޓަރު އައިޝަތު މުހައްމަދުދީދީ އާއި ޕާކިސްތާނު ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވައިސް އެޑްމިރަލް އަތަރް މުހްތާރު ބައިވެރިވެ ވަޑައިގެންފައިވެއެވެ.

މި މަޖައްލާގައި ޖެންޑާ މިނިސްޓްރީގެ ފަރާތުން ކުރިއަށްގެންދިޔަ ގެވެށި ގުޅުން ސާސްތުރަ ޓީވީ ސީރީޒްގައި މެހުމާނުންގެ ގޮތުގައި ބައިވެރިވި ފަރާތްތަކުން ވިދާޅުވެފައިވާ ވާހަކަފުޅުތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ ބައެއް ވިދާޅުވުންތަކާއި، ގެވެށި ގުޅުން ކެމްޕެއިންގެ ދަށުން މިހާތަނަށް ކުރިއަށްގެންދެވިފައިވާ ބައެއް ހަރަކާތްތަކުގެ ފޮޓޯއާއި ކެމްޕެއިންގެ ދަށުން ފޯރުކޮށްދެވޭ މައިގަނޑު ބައެއް މެސެޖުތައް ހިމެނިފައިވާނެ ކަމަށް ޖެންޑާ އިން ބުނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355