twitterviber whatsapp telegramfacebookyoutube instagram
2nd December 2025

ކުޅުދުއްފުށީ ކައުންސިލް ޤުރުއާން މުބާރާތުގައި ބައިވެރިވުމަށް ހުޅުވާލައިފި

ނަބީލާ އިސްމާޢީލް
Feb 28, 2022

ކުޅުދުއްފުށީ ސިޓީ ކައުންސިލުން އިންތިޒާމްކޮށްގެން "ކުޅުދުއްފުށީ ޤުރުއާން މުބާރާތް" ނަމުގައި ޤުރުއާން މުބާރާތެއް ބާއްވަން ނިންމާ، ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

އަންނަ އެޕްރީލް މަހު 05، 06 ގައި ބޭއްވުމަށް ހަމަޖެހިފައިވާ މި މުބާރާތުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން، ބައިވެރިވުމަށް އެދޭ ފޯމް ފުރުއްވުމަށްފަހު 20 މާރޗްގެ 14:00 ގެ ކުރިން އެދަރިވަރަކު ބައިވެރިވާ ސްކޫލް، ޤުރުއާން ކްލާސް އަދި ޔުނިވާސިޓީ މެދުވެރިކޮށް ކައުންސިލް އިދާރާއަށް ފޯމް ހުށަހެޅުމަށް ވަނީ ކައުންސިލުން އެދެފަ އެވެ.

ކައުންސިލުން ބުނީ ބައިވެރިވާ ސްކޫލް، ޤުރުއާން ކްލާސް އަދި ޔުނިވާސިޓީތަކުން އެތަނަކުން ބައިވެރިވާ ފަރާތްތަކުގެ އެކްސެލް ލިސްޓެއް އެއިދާރާއަށް ފޮނުއްވަންވާނެ ކަމަށެވެ.

އަދި ހާފިޡުންގެ ބައިގައި ބައިވެރިވުމަށް އެދޭ އަމިއްލަ ފަރާތްތަކުން އަމިއްލަ ހައިސިއްޔަތުން ފޯމް ހުށާހެޅުމަށްވެސް އެ އިދާރާއިން ވަނީ އެދެފަ އެވެ.

ޤުރުއާން މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް ރަސްމީ ގަޑީގައި ކައުންސިލްގެ ކައުންޓަރުން ލިބޭނެ ކަމަށާއި މީގެ އިތުރުން މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމާއި މުބާރާތުގެ ޤަވާއިދު އިދާރާގެ ވެބްސައިޓް www.kulhudhuffushicity.gov.mv ޑައުންލޯޑްކުރެވެން ހުންނާނެކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355